ޚަބަރު

ރުޕޭ ކާޑު ން ދިވެހި ވިޔަފާރި ވެރިންނަށް ވިޔަފާރި މުއާމަލާތު ކުރެވޭނެކަމަށް ބުނެ މުއިއްޒު ހެދީ ދޮގު, ބީއެމްއެލްގެ ޕީއޯއެސްތަކުން ރާއްޖޭގަ ކެނޑުން ފިޔަވާ ރުޕޭ ކާޑުން ކުރެވޭ އެއްވެސް ބޭނުމެއް ނެތް!

ދިޔަވަރު
ރުޕޭ ކާޑު ން ދިވެހި ވިޔަފާރި ވެރިންނަށް ވިޔަފާރި މުއާމަލާތު ކުރެވޭނެކަމަށް ބުނެ މުއިއްޒު ހެދީ ދޮގު, ބީއެމްއެލްގެ ޕީއޯއެސްތަކުން ރާއްޖޭގަ ކެނޑުން ފިޔަވާ ރުޕޭ ކާޑުން ކުރެވޭ އެއްވެސް ބޭނުމެއް ނެތް!

އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުން ކުރެވޭނެކަމަށް ބުނެ މިސަރުކާރުން އޮޅުވާލާފައިވާކަން ހާމަވެއްޖެއެވެ.

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތަށް، އިފްތިތާހުކޮށްފައިވަނީ ފާއިތުވި 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހުއެވެ.

ރާއްޖެއަށް ރުޕޭ ކާޑު ތަޢާރަފްކޮށްފައިވަނީ މުޢިއްޒު މިހާރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ހަރަކާތުގެ ތެެރެއިން ރާއްޖޭގައި ރުޕޭ ކާޑު ތަޢާރަފުކުރުމުގެ ގޮތުން ކަސްޓަމަރަކު އޮތެންޓިކް މޯލްޑިވްސްގެ ފިހާރައަކުން ރުޕޭ ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވެސް ވެއެވެ.

ރުޕޭ ކާޑު ތަޢާރަފުކުރުމާއެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައިވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެކަމަށް އޭރު ބުނެފައި ވެއެވެ. ރުޕޭއަކީ އިންޑިއާގައި ވަރަށް ބޮޑަށް މަގްބޫލުކަން ހޯދާފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހެދުމުން މުޢިއްޒު އޭރު ވިދާޅުވީ މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިސާގެ މުޢާމަލާތް ކުރުމުގައި ފަސޭހަތެކެއް ލިބޭނެކަމަށެވެ.

އެހެންނަމަވެސް އިންޑިއާގެ ރުޕޭ ކާޑު ބޭނުންކޮށްގެން ބީއެމްއެލް މެދިވެރިކޮށް އަދިވެސް ވިޔަފާރީގެ މުއާމަލާތެއް ނުކުރެވެއެވެ. އެގޮތުން އިންޑިއާއިން މުދާގަތުމަށްވެސް ރުޕޭކާޑުން ބީއެލްގެ ޕްލެޓްފޯމުތައް ބޭނުންކޮށްގެން އަދިވެސް ޕޭމަންޓް ނުހެދެއެވެ.

އޭގެ ބަދަލުގައި, އަދިވެސް ހަމައެކަނި ކުރެވޭ މުއާމަލާތަކީ އިންޑިއާގެ ބޭންކަކުން ދޫކޮށްފައިންނަ ކާޑަކުން ބީއެމްއެލްގެ ޕީއޯއެސްތަކުން ރާއްޖޭގަ ކެނޑުން އެކަންޏެވެ. އެނޫން އެއްވެސް މުއާމަލާތެއް އިންޑިއާގެ ކުރެޑިޓް އަދި ޑެބިޓް ކާޑަކުންވެސް ރާއްޖޭގައި ކުރުމުގެ ފުރުސަތު އަދިވެސް ފަހި ވެފައެއް ނުވެއެވެ.

އޭގެ މާނައަކީ އާންމު އުސޫލުން ރާއްޖޭގައި ގަންނަ އެއްޗަކަށް އިންޓަރނޭޝަނަލް ޓްރާންސްފާ ރޭޓުގައި (އެކްސްޗޭންޖު ރޭޓް ބޮޑުކޮށް) އިންޑިއާގެ ފައިސާއަށް ރާއްޖޭގައި އެއްޗެއް ގަނެވުން ފިޔަވާ އެހެން އެއްވެސް ބޭނުމަކަށް, މުއިއްޒު ވިދާޅުވާ ރުޕޭ ކާޑަކުން ބޭނުމެއް ނުކުރެވެއެވެ. ދިވެހި ވިޔަފާރަވެރިންނަށް ރުޕޭ ކާޑުން ކުރެވޭ އެއްވެސް ބޭނުމެއް މިހާލަތުގައި ނޯންނާނެއެވެ. ދިވެހި ރައްޔިތުންނަށް ރުޕޭ ކާޑުން ލިބޭނެ އެއްވެސް ލުއި ފަސޭހައެއް, އަދި ކުރެވޭނެ ބޭނުމެއްވެސް ނެތެވެ.

އިންޑިއާއިން މުދާގަތުކަށް ބޭނުންވާ ފަރާތްތަކަށް ރުޕޭ ކާޑު ބޭނުންކޮށްގެ މުދަލަށް ފައިސާ ދެއްކުމުގެ ފުރުސަތު އަދިވެސް ތަނަވަސް ވެފައެއް ނުވެއެވެ. މުއިއްޒު ދިވެހި ވިޔަފާރިވެރިންނަށް ދައްކަވާފައިވަނީ ބޮޑު ނަނާ ހުވަފެނެވެ. ސައީދު ރުޕޭ ކާޑު ތައާރަފް ކުރުމަށްފަހު ކަނޑާފައިވަނީ ހަމައެކަނި ސަޅި ބައިސާއެވެ.