ޚަބަރު

ސިނގިރެޓުން ސަރުކާރަށް އިތުރަށް ފައިދާ ހޯދަން 5000ރ ފީއެއް ނަގަން ނިންމުމުން ސިގިރެޓް އަގު އިތުރަށް ބޮޑު ވެއްޖެ! ސިނގިރެޓުން އެންމެ ބޮޑު ފައިދާއެއް މިހާރު ވަނީ ސަރުކާރަށް!

ދިޔަވަރު
ސިނގިރެޓުން ސަރުކާރަށް އިތުރަށް ފައިދާ ހޯދަން 5000ރ ފީއެއް ނަގަން ނިންމުމުން ސިގިރެޓް އަގު އިތުރަށް ބޮޑު ވެއްޖެ! ސިނގިރެޓުން އެންމެ ބޮޑު ފައިދާއެއް މިހާރު ވަނީ ސަރުކާރަށް!

ސިނގިރެޓުން ނަގާ ފައިދާ ބޮޑު ކުރުމަށް، ވިއްކާ ކޮންމެ ފަރާތަކުން 5000ރ ފީއެއް ނަގަން ނިންމީ ހެލްތު މިނިސްޓްރީންނެވެ. ސާޖިދާ މި ވަގުތުވެސް ހުންނެވީ ހެލްތް މިނިސްޓްރީގެ މަގާމެއްގައެވެ. އަދި މުސާރަ ވެސް ނަންގަވައެވެ.

ޤަބޫލު ކުރެވޭ ގޮތުގައި 5000ރ ނެގުމަށް ނިންމީ ފިރިކަލުންގެ ވެރިކަން ދެމެހެއްޓުމަށް ދޭ މާލީ އެހީއެއް ގޮތުގައެވެ. ސަރުކާރުން ދަނީ މުއިއްޒުގެ ޕެޓް ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ހޯދޭނެ ގޮތްގޮތް ހޯދަމުންނެވެ. މިކަމުގެ ސަބަބުން ސިގިރެޓުގެ އަގު އިތުރަށް ވަނީ ބޮޑު ވެފައެވެ.

ބޭރު ޤައުމުތަކުން ބަޖެޓް ސަޕޯޓް އެއް ނުލިބެއެވެ. ސަރުކާރަށް އެވަރަށް ފައިދާ ހޯދޭނެ މަސައްކަތެއް ނުކުރެވެއެވެ. ލިބޭ ހުރިހާ ފައިސާއެއް ބޭނުން ކުރަމުން ދަނީ ވައްކަމާއި، ޓެކުމަށެވެ. އެހެން ކަމުން ސިނގިރެޓުން ނަގާ ޓެކްސް ފައިސާ އެކި ނަންނަމުގައި ދާނީ މުއިއްޒު އާއި އޭނާގެ އަރިސް ފަރާތްތަކުގެ ޖީބަށެވެ.

މި ގޮތުން އެންމެ ފަހުން ހާމަވި އެއް ވައްކަމަކީ، ބިޒްނަސް ކޯޕަރޭޝަން އިން، 1.9 މިލިއަން ރުފިޔާގެ އިވެންޓް މެނޭޖް ކުރުމުގެ ކޮރަޕްޓް ޕްރޮޖެކްޓެއް ދީފައެވެ. މިއީ ބޭއްވުން މުހިންމު އިވެންޓަކަށް ނުވާތާގައި، އެތައް ގުނައެއް ހެޔޮކޮށް މި އިވެންޓަށް އެހެން ކުންފުނިތަކުން ބިޑް ކޮށްފައެވެ.

މިއީ ސިނގިރެޓް އިން ނަގާ ޓެކްސް ބޮޑުކޮށްގެން އެ ލިބޭ ފައިސާ ދާ ދިމާ ހާމަ ވެގެންދާ ކުޑަ ކުޑަ މިސާލެކެވެ.