މޭޔަރު މުއިއްޒު އަޅާ ނުލުމުގެ ސަބަބުން ފަނާވެފައިވާ ރަސްފަންނާއި މެދު، ރައީސް މުއިއްޒު ހިތާމަ ކުރައްވައި ޓްވީޓް ކުރައްވައިފިއެވެ.
އެމަނިކުފާނު މިއަދު އާރަށަށް ނާޗަރަންގީ ކުޅުމަށް ވަޑައިނުގަނެ، ރަސްފަންނަށް ގޮސްފައިވަނީ ޕަބްލިކް ސްޓަންޓެއް ޖެއްސުމަށް ރައީސް އޮފީހުން ލިޔެ ދީފައިވާ ޑްރާމާ ސްކްރިޕްޓެއް ހިފައިގެންނެވެ.
ރައީސް މުއިއްޒުގެ ޓްވީޓްގައި ވަނީ؛
ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރަން. ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން.
މޭޔަރުގެ ޒިންމާ އަދާ ނުކޮށް މުއިއްޒު ވައްކަން ކުރުމުގައި އުޅެ، ރަސްފަންނު ވީރާނާވުމުން، އެކަމާއި ދެރަވާކަމަށް ބުނެ ޓްވީޓް ކުރުމުން މުއިއްޒަށް މަލާމާތާއި، މީހުންގެ ޖޯކު ޖެހުން ވަނީ އިތުރުވެފައެވެ. ތާޢީދު ހޯދުމަށް ރައީސް އޮފީހުން ޖެއްސި ސްޓަންޓް އަނެއްކާވެސް އަތަށް ގޮވީއެވެ.
ބައެއް ފަރާތްތަކުން ދަނީ، ރާއްޖޭގެ ސިއްޙީ ކަންކަމަށް އަހައްމިއްޔަތު ދިނުން ތިއަށްވުރެ ރަނގަޅުވާނެ ކަމަށް ބުނެ ޓްވީޓް ކުރަމުންނެވެ.
ވައްކަމާއި، ދޮގު ހެދުން ގިނަވެއްޖެ ވެރިކަމެއްގައި، ރައްޔިތުންނަށް ފައިދާވާހެން ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއެވެ.
މާދަމާ ސްކޫލަކަށް ގޮސް ސްކޫލްތަކުގެ ހާލަތު، މިސްކިތަކަށް ގޮސް މިސްކިތުގެ ހާލަތު ގޯސްވެގެންވެސް މީނާ ހިތާމަ ކޮށްފާނެއެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ޒިންމާ ނަންގަވައިގެން ހުރެ، މިކަންކަމާއި މީނާ "ހިތާމަ ކުރުން" ފިޔަވައި ކުރާ ކަމެއް ހަރާމެވެ. އަމިއްލަ މީހާގެ އަމަލުތަކާއި މެދު ހިތާމަ ކުރާ ވާހަކަ ދެއްކުމުގެ ބަދަލުގައި މި ނޫން ހުރިހާ ޤައުމެއްގެ ވެރިން ބަލަނީ ޤައުމުގެ ކަންކަން އިސްލާހު ކުރުމަށެވެ. މިވަރުން ދަންޏާ މީނާ، މީނާ އަމިއްލަ އަށް ކުރާ ކަންކަން ކުށްވެރިކޮށް ޓްވީޓް ކުރާ ހިސާބަށް ދާނެއެވެ.