ޚަބަރު

#ރިޕޯޓު: އަބުދުއްރަހީމްގެ ދޮށީ ފިރިހެން ދަރިފުޅާ ދޭތެރޭ މުއިއްޒު އަމަލުކުރި އަނިޔާވެރި ގޮތް: ބައްޕައެއްގެ ހިތުން ދުވަހަކުމެ ފިލައި ނުދާނެ ހިތްދަތި ކަމެއް!

ދިޔަވަރު
#ރިޕޯޓު: އަބުދުއްރަހީމްގެ ދޮށީ ފިރިހެން ދަރިފުޅާ ދޭތެރޭ މުއިއްޒު އަމަލުކުރި އަނިޔާވެރި ގޮތް: ބައްޕައެއްގެ ހިތުން ދުވަހަކުމެ ފިލައި ނުދާނެ ހިތްދަތި ކަމެއް!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މަޑުމަތިރިކަމާއި, އިހުސާންތެރި ކަމާއި, ދީންވެރިކަމުން ލޭބަލް ޖައްސަވައިގެންނެވެ.

އަދި އަމުދުން ވެރިކަމަށް ވަޑައިގެންނެންނެވުމަށްފަހު, ތިމާއަކީ 5 ވަގުތު ނަމާދުކުރާ ދީންވެރި އަޅުވެރި ޒާހިދެއްގެ ލޭބަލް އަމިއްލައަށް މުއިއްޒު ޖައްސަވަން ފެއްޓެވީ އެމަނިކުފާނުގެ ނިތްކުރީގައި ހުރި "ލައްގަޑު"ގެ އިތުރަށް އަމިއްލަފުޅަށް ސަޖިދާގައި އޮންނަ ފޮޓޯ އަރިސް ފަރާތްތައް މެދުވެރިކޮށް ސޯޝަލް މީޑިއާގައި ދައުރުކޮށްގެންނެވެ.

އެއަށްފަހު މުއިއްޒު ވަޒީފާ ދީފައި ތިބި ބައެއް ސިޔާސީ މުވައްޒަފުންލައްވާ ސޯޝަލް މީޑިއާގައި ދައްކަމުން ދިޔަ ވާހަކައަކީ މުއިއްޒުއަކީ އިހުސާންތެރި, އެއްވެސް މީހެއްގެ މައްޗަށް ދުވަހަކުމެ އަނިޔާވެރި ނުވާނެ މީހެއްކަމަށް ދައްކަވައިގެންނެވެ.

ޕީއެންސީގެ ބައެއް ޖަލްސާތަކުގައާއި ގައުމީ ހަފްލާތަކުގައިވެސް ވާހަކަ ދައްކަވަމުން މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވަނީ, ތިމަން މަނިކުފާނަކީ ދުވަހަކުވެސް އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރި ނުވާނެ މީހެއްކަމަށް ވިދާޅުވެއެވެ.

އެހެންނަމަވެސް މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރުވަމުންދާއިރު, މިއަދު ފެންނާން އޮތް ހަގީގަތަކީ ކޮބައިތޯއެވެ. މުއިއްޒުގެ އަނިޔާވެރިކަން ހަމައެކަނި ތަމްސީލްވާން އޮތީ ރައީސް ޔާމިންއާމެދު މުއިއްޒު އަމަލު ކުރެއްވި ގޮތުން އެކަންޏެއް ނޫނެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ބަފައިންގެ ހިތްތަކުގައި ދަރީންގެ މައްޗަށް އޮންނަ ދަރި ކުލުނަކީ އެއީ އެއްވެސް ހާލަތެއްގައި "ކޮމްޕަރޮމައިސް" ވާނެ, ނުވަތަ އެއަށް އިތުރު އަގެއް ދެެއްކޭނެ އެއްޗެއް ނޫނެވެ. އެއީ ކުޑައަކަސް ބޮޑަކަސް މައިވަންތަކަމުގެ ނުވަތަ ބަފައިވަންތަ ކަމުގެ ކުލުނު ގުދުރަތުން ލައްވަވާފައިވާ ގޮތެވެ. އޭގެ އަސްލެވެ.

އެހަގީގަތް އެންމެ ބޮޑަށް އަމަލީގޮތުން ސާފުވާން އޮތް އެއްކަމަކީ, މުއިއްޒުއަށް ވެރިކަން ހޯދާ ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްދެއްވި އަބުދުއްރަހީމް, މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު, އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އިބުރާހިމް ފައިސަލްއަށް މިސަރުކާރުގެ އެންމެ މުހިންމު އެއްވުޒާރާ ކަށަވަރުކޮށްދެއްވި ދެއްވުމެވެ. އެކަން ހިގާނީ އެމަގުންކަން އެއީ ހަމަބުއްދި ހުރި ހަމަ ކޮންމެ އިންސާނަކުމެ ގަބޫލުކުރާންޖެހޭ ހަގީގަތެކެވެ.

ކޮންމެ ބައްޕައަކުވެސް އޭނާގެ ދަރިފުޅަށް ރަގަޅުގޮތް އެދޭނެއެވެ. ބޮޑެތި މަގާމްތައް ލިބުމަށް އެދޭނެއެވެ. ހެޔޮލަފާ ރަގަޅު މުސްތަގުބަލަކަށް އުއްމީދުވެސް ކުރާނެއެވެ.

އަމުދުން އަބުދުއްރަހީމްގެ ދޮށީ ދަރިކަލުން ފައިސަލްއަކީ ކިޔަވައިގެން ހުރި ޒުވާނެކެވެ. އޭނާއަކީ ސިޔާސީ މަސައްކަތައް އާ ބޭފުޅެއްވެސް ނުމެ ނޫންމެއެވެ. އެހެންނަމަވެސް ތެދުފުޅެކެވެ. އޭނާއަކީ ވަޒީރުކަމަށް އާ ބޭފުޅެކެވެ. އެހެންނަމަވެސް އެހާލަތުގައި މުއިއްޒުގެ ކެބިނެޓުގައި ހުންނެވީ އޭނާ ގިނިކަންޏާއެއް ނޫނެވެ. ވަޒީރުކަމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ވަޒީރުން މުއިއްޒުގެ ކެބިނެޓުގައި ވަރަށްވެސް މަދެވެ. އެހެންކަމަށްވާނަމަ ހަގީގަތުގައި ފައިސަލްއަކީ އަބުދުއްރަހީމްގެ ދަރިއަކަށް ވީތީ އަމާޒު ކުރެވެން އޮތް ވަކި ފާޑުކިއުމެެއް ނެތެވެ.

އަމުދުން އަބުދުއްރަހީމް މިސަރުކާރު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތްތަކާއި ވީ ގުރުބާނީއަށް ބަލާއިރު, އަދި ފައިސަލްވެސް މުއިއްޒު ވެރިކަމަށް ގެނައުމަށް ކޮށްދިން މަސައްކަތަށް ބަލާއިރު, ވަޒީރުކަން ފައިސަލްއަށްވުރެ ވަކި ހައްގުކަން ބޮޑު އެހެން ބޭފުޅެއް ކޮބައިތޯއެވެ.

އަދި އެހެން ނަޒަރިއްޔާތަކުންވެސް ބަލައިލަމާތޯއެވެ. ފައިސަލްގެ މިނިސްޓަރުކަމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތި ދިޔައީ ފަހަތަށް ތޯއެވެ. ކުރީން އެ ސިނާއަތުން ހޯދި ކުރިއެރުމެއް ފައިސަލްގެ ވަޒީރު ކަމުގައި ނުހޯދު ކޮބައިތޯއެވެ. 2 މިލިއަން ފަތުވެރިންވެސް ފުރަތަމަ ފަހަރަށް ރާއްޖެ އައީވެސް ހަމަ ފައިސަލްގެ ވަޒީރުކަމުގައެވެ.

މިހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް, ވަޒީރުކަން ފައިސަލްއަށްވުރެ ވަކީން ބޮޑަށް ހައްގުވާ އަނެކަކު މުއިއްޒުގެ ކެބިނެޓުގައި ހުންނަވާފައެއް ނުވެއެވެ.

އެހެންނަމަވެސް, މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްދެވި އަބުދުއްރަހީމްއާ ދޭތެރޭ މުއިއްޒުގެ ހިތްޕުޅުގައި އުދާސްތަކެއް އުފެދުނީއެވެ. ފައިސަލްއާ ގުޅޭގޮތުން މީހުން "ބޯޅަ" ޖަހަން ފެށީއެވެ. އަބުދުއުްރަހީމް ސިޔާސީ ގޮތުން ބާރުވެރި ވެދާނެކަމަށް މުއިއްޒުއަށް ހީވާން ފެށީއެވެ. އިހުސާންގެ އިންޓެލިޖެންސް ރިޕޯޓުތަކުގެ އަވާގައި ޖެހި, ހިތް ކަސިޔާރުވާން ފެށީއެވެ.

މުއިއްޒު ވަރަށްވެސް އަނިޔާވެރިއެވެ. އެންމެ ފުރަތަމަވެސް އަނިޔާވެރިވީ ތިމާއަށް ވެރިކަން ހޯދާދިނުމަށް އެންމެ ބޮޑު ގުރުބާނީއެއްވި އަބުދުއްރަހީމްގެ ދޮށީ ފިރިހެން ދަރިފުޅުގެ މައްޗަށެވެ. އެއްވެސް ހަމްދަރުދީއެއް ނެތި, ވަޒީފާއިން ވަކިކޮށް, ލަފުގައި ހިފާ ހޫރާލީ އަބުއްދުއްރަހީމްގެ ދޮށީ ދަރިކަލުންނެވެ. ބައްޕަގެ މައްޗަށް ތިމާގެ ހިތްގައި އޮންނަ ހަސަދައާއި އުދާސްތަކުގެ "ރޯޅި" ދަރިފުޅަށް "ބާލާނީ" މީހާގެ ވަރަށްވެސް ގޮތެއް ނެތީމައެވެ. އެއީ ވަރަށްވެސް ބޮޑު އަނިޔާވެރިއަކަށް ވާތީއެވެ.

އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ, ހުރިހާ ސިޔާސީ ބާރެއް އޮތީ މުއިއްޒުގެ އަތްޕުޅުގައެވެ. އެއީ މިއަދުގެ ރައީސްއެވެ. ޕީއެންސީގެ އެތެރޭގައި އަބުދުއްރަހީމްގެ މަގުބޫލުކަން ކިތަންމެ ބޮޑަކަސް, އަބުދުއްރަހީމްއަށް މިއަދު ކުރެވޭނެ ކަމެއް ނެތެވެ. އެއީ މިއަދުގެ ހަގީގަތެވެ.

އެހެންނަމަވެސް, މުޅި ދުނިޔެއަށް ބޭޒާރުކޮށް, "އައި ރުޅީގަ" ލަފުގަ ހިފާ މުއިއްޒު އެ ހޫރާލީ އަބުދުއްރަހީމްގެ ދޮށީ ދަރިފުޅެވެ. އެއީ އަބުދުއްރަހީމްއަށްވެސް, އޭނާގެ މުޅި އާއިލާއަށްވެސް މުއިއްޒު ދިން ވަރަށްވެސް ބޮޑު އަނިޔާއެކެވެ. މިއަނިޔާގެ ރަހަ އަބުއްުރަހީމްގެ ކަރު ބުޑުން ފިލާ ނުދާނެއެވެ. ގޮސްގެންވެސް ނުވާނެއެވެ.

އަބުދުއްރަހީމް އަބަދުވެސް ވިދާޅުވެއެވެ. "ފައިސަލްއަށް" ދެރައެއް ދީފި މީހަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން" އެވެ. މިހަގީތް މިގޮތުގައި އަބަދުވެސް ދެމިއޮންނާނެއެވެ. ހާލަތު ބަދަލުވާނެއެވެ. ވެރިކަމުގެ އާރާއި ބާރާއި އޭގެ ލައްޒަތަކީ މުޅި އުމުރަށް ލިބޭ މިލްކެއްކަމުގައި މުއިއްޒު ދެކެވަޑައި ނުގަންނަވާށެވެ!