ޚަބަރު

ޗައިނާގެ އެފްޓީއޭގެ ސަބަބުން ޖެނުއަރީ މަހު އެކަނި 589 މިލިއަން ރުފިޔާގެ ގެއްލުމެއް ރާއްޖެއަށް ލިބިއްޖެ

ދިޔަވަރު
ޗައިނާގެ އެފްޓީއޭގެ ސަބަބުން ޖެނުއަރީ މަހު އެކަނި 589 މިލިއަން ރުފިޔާގެ ގެއްލުމެއް ރާއްޖެއަށް ލިބިއްޖެ

ޗައިނާގެ އެފްޓީއޭގެ ސަބަބުން ފުރަތަމަ މަހު އެކަނި 589 މިލިއަން ރުފިޔާގެ ގެއްލުން ރާއްޖެއަށް ލިބިއްޖެއެވެ. މި އަހަރުގެ ފުރަތަމަ މަސްދުވަހު ދައުލަތައް ލިބުނު އާމްދަނީ 874 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވާއިރު. ދަށަށް ދިޔަ އާމްދަނީގެ 67.39% އެވެ.

ޗައިނާގެ އެފްޓީއޭ ގައި ރާއްޖެއިން ސޮއެ ކޮށްފައިވަނީ އިޤްތިޞާދީ ގޮތުން އެފަދަ އެއްބަސްވުމަކަށް ދިޔުމުން އާންމު ރައްޔިތުންނަށް އިންތިހާއަށް ގެއްލުން ލިބޭނެ ފަދަ ދަނޑިވަޅެއްގައެވެ.

މި އަހަރު ފެށިގެން ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 874 މިލިއަން ރުފިޔާ މަދުން ކަން ހާމަވެފައި ވަނީ ފިނޭންސް އިން އާންމު ކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ހިސާބުތަކުންނެވެ.

މި އަހަރުގެ ފުރަތަމަ މަހެއްހާ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.7 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ވިޔަފާރި އާއި ޕްރޮޕަޓީ ޓެކްސް

  • 66% އަށް ދަށްވެފައި
  • 2024: 153 މިލިއަން ރުފިޔާ
  • 2023: 454.2 މިލިއަން ރުފިޔާ
  • ޖުމްލަ ދަށްވި މިންވަރު: 301 މިލިއަން ރުފިޔާ

އިމްޕޯޓް ޑިއުޓީ

  • 64% އަށް ދަށްވެފައި
  • 2024: 138.3 މިލިއަން ރުފިޔާ
  • 2023: 384.9 މިލިއަން ރުފިޔާ
  • ޖުމްލަ ދަށްވި މިންވަރު: 246 މިލިއަން ރުފިޔާ
  • ސަބަބު: ޗައިނާއާއެކު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ގިނަ މުދަލުން ޑިއުޓީ ކަނޑާލުން

ކުންފުނިތަކުގެ އާމްދަނީ ޓެކްސް

  • 2024: 979 މިލިއަން ރުފިޔާ
  • 2023: 1 ބިލިއަން ރުފިޔާ
  • ޖުމްލަ ދަށްވި މިންވަރު: 69 މިލިއަން ރުފިޔާ

އެހެނިހެން އާމްދަނީގެ ދަށްވުން:

ޓެކްސް ނޫން އާމްދަނީ: 284 މިލިއަން ރުފިޔާ ދަށްވެފައި

އަމިއްލަ ފަރުދުންގެ އާމްދަނީ ޓެކްސް: 11 މިލިއަން ރުފިޔާ ދަށްވެފައި

ޑިޕާޗަރ ޓެކްސް: 9 މިލިއަން ރުފިޔާ ދަށްވެފައި