ޚަބަރު

ޗައިނާގެ އެފްޓީއޭ ގެ ސަބަބުން ޑިއުޓީ ދަށްވިކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ސާބިތުވާއިރު، ގުޅުމެއް ނެތްކަމަށް ބުނެ ސައީދު ދޮގު ހަދައިފި

ދިޔަވަރު
ޗައިނާގެ އެފްޓީއޭ ގެ ސަބަބުން ޑިއުޓީ ދަށްވިކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ސާބިތުވާއިރު، ގުޅުމެއް ނެތްކަމަށް ބުނެ ސައީދު ދޮގު ހަދައިފި

ޗައިނާގެ އެފްޓީއޭ އާއި ޑިއުޓީ ދަށްވުމާ ގުޅުމެއް ނެތް ކަމަށް ބުނެ ސައީދު ދޮގު ހަދައިފި އެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން މިކަން ސާބިތުވާއިރު މިވަރު ބޮޑު ދޮގެއް ހަދާފައި ވަނީ ޗައިނާ އެމްބަސީއިން ސައީދަށް އަންގައިގެންނެވެ. އެކޮނޮމިކް މިނިސްޓަރު ކަމުގައި ހުރި ސައީދަކީ ޗައިނާގެ އެޖެންޓެކެވެ.

މިދިޔަ މަހެއްހާ ދުވަހު ދައުލަތުގެ އާމްދަނީ 19 ޕަސެންޓު ދަށްވި އިރު އިމްޕޯޓު ޑިއުޓީން އެކަނި 64 ޕަސެންޓު ގެއްލިފައި ވެ އެވެ.

މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރަށް ވުރެ 874 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. ޗައިނާގެ އެފްޓީއޭގެ ސަބަބުން ފުރަތަމަ މަހު އެކަނި 589 މިލިއަން ރުފިޔާގެ ގެއްލުން ރާއްޖެއަށް ލިބިފައި ވެއެވެ.