ކޮވިޑް19 ގެ ސަބަބުން ޗައިނާ ބަންދު ކުރުމަށް ފަހު، ޗައިނާ އިން ދަތުރު ފަތުރުގެ ހުރިހާ ބަޖުބޫރުކަމެއް އުވާލައިގެން ދަތުރުތައް ކުރަން ފެށީ 10 އޮގަސްޓް 2023 ގައެވެ. އޭގެ ކުރިން ދަތުރުތައް ހުޅުވާލާފައިވަނީ ގިނަ ހުރަސްތަކަކާއި އެކީގައެވެ. މިގޮތުން ގްރޫޕް ދަތުރުތަކާއި، އާއިލީ ދަތުރުތައް 10 އޮގަސްޓް 2023 ގެ ކުރިން ނުކުރެވޭ ގޮތް ހެދުން ފަދަ، އެތައް ހުރަސްތަކެއް ހުއްޓެވެ.
މުއިއްޒުގެ ސަރުކާރު އައީ ޗައިނާ އިން ދަތުރުފަތުރު ހުޅުވާލިތާ ދެމަސް ފަހުން 2023 ގެ ނޮވެމްބަރުގައެވެ. 2024 އަކީ މުއިއްޒަށް ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަލުން ގެނެސް ކުރީ ސަރުކާރު ތަކެކޭ އެއްގޮތަށް އިޤްތިޞާދު ހިންގާލަން ލިބުނު ފުރުޞަތެވެ. ނަމަވެސް މިވަރު ކަމެއްވެސް މުއިއްޒަށް ނުކުރެވުނެވެ.
އެމްއެމްޕީއާރުސީއަށް ނާގާބިލު މީހުން ލައި، މުޅި ސިނާއަތަށް ކުރީ ޖެއްސުމެވެ.
2024 ގައި 2018 އާއި އަޅާ ބަލާއިރު އައީ 13,191 ޓުއަރިސްޓުން މަދުންނެވެ. 2024 އަކީ ޗައިނާއިން މިހާތަނަށް އެޤައުމުން ބޭރަށް އެންމެ ގިނަބަޔަކު ދަތުރު ކުރި އަހަރެވެ. މިއީ ސަރުކާރުގެ އިހުމާލު މިކަމުގައި އޮތް މިންވަރު ފެންނަން މިންވަރެވެ. ރައީސް މުއިއްޒުގެ ނާގާބިލު ކަމުގެ އަސަރު ނުކުރާ އެންމެ ސިނާއަތެއްވެސް މިއަދު ރާއްޖޭގައި ނެތެވެ.
މުސީބާތްތައް އެކި އެކި ގޮތްގޮތަށް ކުރިމަތި ކުރައްވާއިރު، ރާއްޖޭގެ ގިނަ ރައްޔިތުން މުއިއްޒު ސިފަކުރަމުން ދަނީ ޤައުމަށް ޖެހިފައިވާ މުސީބާތެއް ގޮތުގައެވެ. އިންޑިޔާއިން އައި ފަތުރުވެރިން މަދުވީވެސް މުއިއްޒުގެ ސަބަބުންނެވެ. ކުރިއަށް އޮތް 2025 ގައި މީހުން ހައްޔަރުކޮށް، ޑިމޮކްރަސީ އާއި ދެކޮޅުވެ، ހުދުމުހުތާރު ސިފަތައް އަށަގަނެ އިނގިރޭސި ވިލާތާއި، ޔޫރަޕުގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން މުއިއްޒުގެ ސަބަބުން މަދުވުމަކީ ނުވެ ނުދާނެ ކަމެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް، މުއިއްޒު ވެރިކަމުގައި ހުރެގެން ހުރީ ވަރަށް ބަނަ ދުވަސްތަކެކެވެ.
2024 ގައި ޗައިނާއިން ފަތުރުވެރިން ރާއްޖެ ގެނައުމަށް، ކުރަންޖެހޭ މަސައްކަތް މިއަދު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ، ކުރާނެއެވެ.