ޚަބަރު

ޤުރުއާން، އިސްލާމް ކަރިކިއުލަމް ތަރައްޤީ ކުރަން މުއިއްޒު ހަވާލުކުރީ އެތައް ދަރިވަރުންނަކާއި ބެހުނު ކަމުގެ ހެއްކާއި އެކު، ބެލެނިވެރިން އެދިގެން އެމީހެއްގެ މައްސަލަ އެޑިޔުކޭޝަނުން ފުލުހަށް ހުށައެޅާފައިވާ ޒަމްޒަމް ފާރިޝް!

ދިޔަވަރު
ޤުރުއާން، އިސްލާމް ކަރިކިއުލަމް ތަރައްޤީ ކުރަން މުއިއްޒު ހަވާލުކުރީ އެތައް ދަރިވަރުންނަކާއި ބެހުނު ކަމުގެ ހެއްކާއި އެކު، ބެލެނިވެރިން އެދިގެން އެމީހެއްގެ މައްސަލަ އެޑިޔުކޭޝަނުން ފުލުހަށް ހުށައެޅާފައިވާ ޒަމްޒަމް ފާރިޝް!

ގުރުއާން އަދި އިސްލާމް ކަރިކިއުލަމް ތަރައްޤީ ކުރުމަށް މުއިއްޒު ހަމަ ޖެއްސީ އެތައް ދަރިވަރުންނަކާއި، ޓީޗަރުންނެއް، އަރަބިއްޔާގެ ކުޑަކުދިންނާއި ބެހުނު ކަމަށް ބުނުމުން، ހެއްކާއި އެކު އެމީހެއްގެ މައްސަލަ އެޑިޔުކޭޝަނުން ފުލުހަށް ހުށައެޅާފައިވާ ޒަމްޒަމް ފާރިޝްއެވެ.

ފުލުހުންނަށް ހުށައެޅި މައްސަލާގައި ޒަމްޒަމް ފާރިޝް ކުޑަ އަންހެން އަދި ފިރިހެން ކުދިންނާއި ބެހުނު ކަމަށް ހުށައަޅާފައިވެއެވެ.

ފުލުހުން މިފަދަ ބޮޑު މައްސަލައެއް މިއަދާއި ހަމައަށް ބަލާފައި ވާކަން ހާމަ ކޮށްފައި ނުވާއިރު، ޤަބޫލު ކުރެވޭ ގޮތުގައި މުއިއްޒުގެ ނުފޫޒުން މި މައްސަލަ ވާނީ ފުލުހުން ބެލުން ހުއްޓާލާފައެވެ.

މިކަމުގެ ސަބަބުން ކުޑަކުދިންނާއި ބެހޭ މީހުން މި އިތުރުވުމަށް ހިތްވަރު ލިބެއެވެ. އަދި އަނިޔާވެރި މިފަދަ އަމަލުތަކުގެ ޝިކާރައަށްވާ ކުޑަކުދިންނާއި، އެމީހުންގެ އާއިލާތަކަށް އިންސާފު ނުލިބި ހިތްދަތިކަމާއި ކުރިމަތިލާން ޖެހެއެވެ.

ރައީސް މުއިއްޒު ވަނީ ކުޑަކުދިންނާއި ބެހިފައިވާ އެތައް ބަޔަކު އޭނާގެ ވެރިކަމަށް ވީ އެންމެ އަހަރެއް ތެރޭ ދޫކޮށްފައެވެ. މި މީހުންނަކީ އެމްޑީޕީގެ 5 އަހަރުގެ ދައުރުގައި އެމީހުންގެ އާއިލާތަކުން އާދޭސް ކުރި ނަމަވެސް، މުޖުތަމައުގެ ތިބި ކުޑަކުދިންގެ ހައްޤުގައި ދޫނުކޮށް ޖަލުގައި ބެހެއްޓި ކުށްވެރިންތަކެކެވެ.