ޚަބަރު

އެސްއޯއީތަކުގެ ހިންގުން ރެގިއުލޭޓް ކުރާ ޕީސީބީ އުވާލުމަށްފަހު, ހުރިހާ އެސްއޯއީއެއްވެސް ދީސާ ފިނޭންސްގެ ދަށަށް! މުއިއްޒު ބޭނުންވަނީ ދައުލަތުގެ ހިންގުމުގެ ނިޒާމު އެކީއެކަށް ފުނޑާލުމަށް!

ދިޔަވަރު
އެސްއޯއީތަކުގެ ހިންގުން ރެގިއުލޭޓް ކުރާ ޕީސީބީ އުވާލުމަށްފަހު, ހުރިހާ އެސްއޯއީއެއްވެސް ދީސާ ފިނޭންސްގެ ދަށަށް! މުއިއްޒު ބޭނުންވަނީ ދައުލަތުގެ ހިންގުމުގެ ނިޒާމު އެކީއެކަށް ފުނޑާލުމަށް!

ސަރުކާރުގެ ކުންފުނިތައް ނުވަތަ އެސްއޯއީތަކެއް ރެގިއުލޭޓްކުރާ މިނިވަން މުވައްސަސާއެއްގެ ގޮތުގައި އޮތް ޕީސީބީ އުވާލުމަށް މުއިއްޒު ނިންމަވައިފިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މިސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މުއިއްޒުގެ މަގްސަދަކީ ސީދާ ފިނޭންސް މިނިސްޓްރީން އެސްއޯއީތައް ރެގިއުލޭޓް ކުރުމަށް ކަމުގައެވެ. އޭގެ ބޭނުމަކީ އެއްވެސް ތައުލީމެއް, ތަނެއް ދޮރެއް ނުދަންނަ މީހަކުވެސް އެސްއޯއީތަކަށް ވެއްދުމުގެ ފުރުސަތު ތަނަވަސް ކުރުންކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވިއެވެ.

ޕީސީބީ އެސްއޯއީތައް ރެގިއުލޭޓްރާފަރާތުގެ ގޮތުގައި އޮތުމާއެކު, އެ އިދާރާ ހިންގުމުގައާއި އެކުންފުނީގެ އެންމެ އިސް މަގާމްތަކަަށް މުއިއްޒު ބޭނުންވާހާ ބަޔަކު ލުމަށް ގިނަގުނަ ހުރަސްތަކެއް ކުރިމަތު ވެފައި ވެއެވެ. ޕީސީބީގެ ޕޮލިސީތަކުގައި ވާގޮތުން ކޮންމެ އެސޯއީއެއްގެވެސް އިސްމަގާމަކަށް އާދެވޭނީ ކުށުގެ ރެކޯޑެއް ނެތް, އަދި ތައުލީމީގޮތުންވެސް ވަކި މިންގަޑަކަށް ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މިސަރުކާރުގެ އިސް އޮފިޝަލު ވިދާޅުވީ, ޕީސީބީ އުވާލުމަށް ހަމަޖެހިފައިވަނީ އެ އިދާރާ ނިސްބަތްވާ ގޫނޫ ބަދަލު ގެނެސް ނުވަތަ އުވާލައިގެންނެވެ. އަދި ފިނޭންސްގެ ދަށަށް އެ އިދާރާ ގެނެވޭއިރު, އެ އިދާރާތުގައި މަސައްކަތްކުރާ މުވައްޒަފުނަށްވެސް އެއްވެސް ގޮތެއް ހަމަޖައްސާ ދޭނެކަމުގެ ޔަގީންކަމެއްވެސް މުއިއްޒު ދެއްވާފައެއް ނުވެއެވެ.

މުއިއްޒުވަނީ ދާދިފަހުން ޕީސީބީގެ ރައީސް މަގާމުން ވަކިކޮށްފައެވެ. ޕީސީބީގެ ރައީސްކަމުގައި ހުންނެވި ހަމްދީ އަގީލް މަގާމުން ވަކިކޮށްފައިވަނީ އޭނާއަކީވެސް, މުއިއްޒުއާއި ގުޅުން ގޯސްވެފައިވާ, މަޖިލިސް ރައީސް އަބުދުއްރަހީމްއާއި އޭނާއަށް ގުޅުން އޮންނަކަމަށް މުއިއްޒުއަށް ޝައްކު ކުރެވޭތީއެވެ.

މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު ގިނަ އެސްއޯއީތައް ވީރާނާވާން ދޫކޮށްލާފައެވެ. އަދި މި ކުންފުނިތަކުން ވަނީ, މިސަރުކާރަށް ތާއީދު ކުރާކަމަށް ބެލެވޭ އެތައްހާސް މީހަކަށް ވަޒީފާވެސް ހަމަޖައްސަ ދީފައެވެ.