އަދީބުއަށް ޖުޑިޝިއަރީގެ ކޮންޓްރޯލް ދިނުމަށް، 3 މުއައްސަސާއަކުން އަންހެނުންނަށް ފުރައްސާރަ ކޮށްގެން ކަނޑާލާފައިވާ އަމްޖަދަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރާޓަރގެ މަގާމު ދިނުމަށް މުއިއްޒު ނިންމައިފިއެވެ.
އަމްޖަދަކީ އަދީބުގެ އެންމެ އަރިސް އެއް ފަރާތް ކަމުގައިވާ މުހުތާޒު ފަހުމީގެ ދެބެއިންގެ ދެދަރި މީހެކެވެ. އަދީބުގެ އަތްމައްޗަށް ޖުޑިޝިއަރީ ދިނުމަށް މުއިއްޒު ނިންމާފައިވަނީ، ޖުޑިޝިއަރީ އަށް މުއިއްޒު ބޭނުންވާ ބާރު، އަދީބު ފަދަ ނުރައްކާތެރި މީހެއްލައްވައި ފޯރުވައި، ފަނޑިޔާރުން ބިރުވެރި ކަމެއްގައި ބެހެއްޓުމުގެ ބޭނުމުގައެވެ.
އަމްޖަދު މުސްތަފާއަކީ މާމެންދޫ ކަތީބުގެ މަގާމުގައި ހުއްޓާ ކަތީބުކަން އުވާލުމުން، ފެނަކައިން ވަޒީފާ ދިން ފަރާތެކެވެ. ފެނަކައިން އޭނާ ކަނޑާލީ ފެނަކައިގައި ތިބި އަންހެން ކުދިންނާއި ބެހޭތީ އެ މައްސަލާގައެވެ. އެއަށްފަހު، އިލެކްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް އަމްޖަދު މުސްތަފާ އައްޔަން ކުރީ އަހްމަދު އަދީބުއެވެ.
އަމްޖަދު އިލެކްޝަން ކޮމިޝަނުން އަންހެން ކުއްޖަކާއި ބެހިގެން ކަނޑާލި މައްސަލަ އަކީ ރާއްޖޭގެ މަޝްހޫރު މައްސަލައެކެވެ. އޭގެ ފަހުން ރައީސް ސޯލިހުގެ ސަރުކާރުގައި އޭނާ އެމްޕްލޯއިމެންޓް ޓްރިބިއުނަލް އަށް އައްޔަން ކުރެވުނީ، މުހުތާޒު ފަހުމީ މާ އެމްޑީޕީ މީހަކަށް ވެގެން އޭނާގެ ނުފޫޒުންނެވެ. އަމްޖަދު މުސްތަފާއަކީ ހުރިހާ ސަރުކާރެއްގައި ދައުލަތުން އެމީހުން ބެލެހެއްޓުމަށް ބަލަދު އަރާފައިވާ ފަރާތެކެވެ. ޓްރިބިއުނަލް އިން އޭނާ ވަކި ކުރަން ޖެހުނީ އަންހެނުންނަށް ފުރައްސާރަ ކުރާ މައްސަލައެއްގައެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަކީ މަޤާމުގެ ގޮތުން، ފަނޑިޔާރުންނާއި ގާތް ގުޅުމެއް އޮންނަ ނުފޫޒު ގަދަ ފަރާތެކެވެ. އިންސާފުވެރި ފަރާތަކަށް ނުވާނަމަ ކޯޓުން ނިންމާ ނިންމުންތައް ނިންމުމުގައި ގާޒީންނަށް ބާރު ފޯރުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮތް މަގާމެކެވެ.
ނަމަވެސް އަދީބުގެ މައްޗަށް ޖުޑިޝިއަރީ ދީ، ފަނޑިޔާރުންނަށް ބިރުދައްކައި، މަޖިލީސް މެމްބަރުންނާއި، ސިޔާސީ ފަރާތްތައް ޖަލަށް ލުމަށް އަމްޖަދު މުސްތަފާ މި މަޤާމަށް އައްޔަން ކުރުމަކީ މުއިއްޒުގެ އަނިޔާވެރިކަން އިންތިހާއަށް ފެނިގެންދާ ކަމެކެވެ.