ޚަބަރު

ނަޝީދާއި މެދު ފިޔަވަޅު އެޅެން ނެތީ، މަޢުލޫމާތު ލިބުނުލެއް ލަސްކަމުން: ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސް

ދިޔަވަރު
ނަޝީދާއި މެދު ފިޔަވަޅު އެޅެން ނެތީ، މަޢުލޫމާތު ލިބުނުލެއް ލަސްކަމުން: ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސް

ރައީސް ނަޝީދު ރާއްޖޭގެ ރައްޔިތުން މަޖިލިސް ހައިޖެކް ކޮށްގެން ހުންނަވައިގެން، ރައްޔިތުންގެ މަޖިލީހުގެ އިތުބާރުނެތް ކަމުގެ ވޯޓުން ރެކިގެން ޑުބާއީގައި އަމިއްލަ ފަރާތަކުން ބާއްވާ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސް ނަމަކަށް ކިޔާ އިވެންޓެއްގައި އަމިއްލަ ފުޅުން އެދިގެން ބައިވެރިވި ވާހަކަ މީގެ ކުރިން މިނޫހުން ވަނީ ގެނެސްދީފައެވެ.

ރައީސް ނަޝީދު މި ކޮންފަރަންސްގައި ވާހަކަ ދައްކަވާ 47 މީހުންގެ ތެރޭ ހިމެނޭ އިރު، ވާހަކަ ދެއްކުމަށް އެދުމުގެ ފުރުޞަތު އެ އިވެންޓުން ވަނީ ޝަރުތު ފުރިހަމަވާ ކޮންމެ މީހަކަށްވެސް ހުޅުވާލާފައެވެ.

މިކޮންފަރަންސް އިންތިޒާމު ކުރާ ފަރާތުން ރާއްޖޭގެ މަޖިލިސް މެމްބަރަކަށް މައުލޫމުަތު ދިން ގޮތުގައި މުހައްމަދު ނަޝީދު މަޖިލިސް ހިޞާރުކޮށްގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މާ ފަހުން ކަމަށާއި، ކުރިން މައުލޫމާތު ލިބުނުނަމަ އެކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅުމުގެ ފުރުޞަތު އޮތް ކަމަށެވެ. ނަމަވެސް ހުރިހާ ތައްޔާރީތައް ނިމިފައިވުމުން، އެ ކޮމްޕޮނެންޓް ގައި ވާހަކަ ދައްކާނެ އިތުރު ފަރާތެއް މިވަގުތު ހޯދުމަކީ ދަތި ކަމަކަށް ވާތީ، އެޖެންޑާ އޮތް ގޮތަށް ކުރިއަށް ގެންދަން ނިންމީ ކަމަށް ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސާއި ހަވާލާދީ މަޖިލިސް މެމްބަރަކު ހާމަ ކުރިއެވެ.

މީގެ އިތުރުން އެކިފަރާތްތަކުން ވަނީ އެކްސްގައި މި ކޮންފަރެންސް އިންތިޒާމު ކުރާ ހެންލޭ ގްލަބާލް ޓެގްކޮށް ރައީސް ނަޝިދު ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާއި ޚިލާފަށް މަޖިލިސް ހައިޖެކް ކޮށްފައި ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިކަމާއި ރުޅިގަދަވެ، އެމްޑީޕީގެ އިސްވެރިންނަށް ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނަކަމަށް ބުނެ އެމްޑީޕީއަށް ނަޝީދުވަނީ އިންޒާރުގެ ބަސްތައް އަމާޒުކޮށްފައެވެ.

އެތައް ރައްޔިތުންގެ ހައްޤުތަކަކަށް އަރައިގަނެގެން ހުރެ، ރާއްޖެއިން ބޭރަށް ގޮސް ރައްޔިތުންގެ ހަރަދުގައި އަމިއްލަ މަސްލަހަތު އިސްކޮށް ކުރަމުންދާ މިފަދަ ނޭދެވޭ ކަންކަމުން، ރައީސް ނަޝީދުގެ މަގުބޫލުކަން އާންމުންގެ މެދުގައި އިތުރަށްވަނީ ދަށްވެފައެވެ.