ކުއްލި ކެބިނެޓް މީޓިން ބާއްވާފައިވަނީ، ކޯޓުން މައްސަލަ ބަލައި ނުގަންނާނެ ކަމުގެ ޔަގީންކަން އުޝާމު ދީފައި ވަނިކޮށް، މައްސަލަ ބަލައިގަތުމުން މުއިއްޒު ޕޭނިކް ވެގެން ކަމަށް މި މީޓިންގ ގައި ބައިވެރިވި ކެބިނެޓް ވަޒީރަކު ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.
ވަޒީރު ހާމަ ކުރެއްވި ގޮތުގައި، އުޝާމު އަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ނުގަންނާނެ ކަމަށާއި، މައްސަލަ ދާނީ ރަނގަޅަށް ކަމަށް ވަނީ އަންގާފައެވެ. އަދި އުޝާމު ވަނީ އެ ޔަގީން ކަން މުއިއްޒަށް ދެއްވާފައެވެ.
އުޝާމު ސުޕްރީމް ކޯޓުން މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ނުފޫޒު ފޯރުވަމުންދަނީ ކާކާއި އެކީ ކަމެއް އަދި ދިޔަވަރު ނޫހަށް ހޯދިފައި ނުވެއެވެ. ނަމަވެސް، ލަފާ ކުރެވޭ ގޮތުގައި އެއީ ރަޖިސްޓަރ ނުވަތަ 7 ފަނޑިޔާރުން ކުރެ ކޮންމެވެސް އެއް ފަނޑިޔާރެކެވެ. އެފަރާތުން ވަނީ މައްސަލަ ރަނގަޅަށް ދާނެ ކަމުގެ ޔަގީން ކަން އަނެއްކާވެސް އުޝާމަށް ދީފައި ކަމުގައި މައުލޫމާތު ލިބެއެވެ.
މިފަދަ ސިއްރު މީޓިންގ އެއް ނުބާއްވާ ކަމަށް ބުނެ، ރައީސް މުއިއްޒު އަންގައިގެން އާދައިގެ މަތިން، އެމަނިކުފާނުގެ ސްޕޯކްސް ޕާސަން ހީނާ ވަނީ މުތުލަގަށް ދޮގު ހަދައި ޓްވީޓް ކޮށްފައެވެ. ހީނާ އަކީ ނިކަމެތިންގެ ބޭސްފަރުވާއަށް ހުރި ފައިސާ ބޭނުން ކޮށްގެން، އެންސްޕާއިން 35 މިލިއަން ރުފިޔާގެ ވައްކަމެއް މުއިއްޒު ޓީވީ ހެދުމަށް ހިންގައިދިން ފަރާތެކެވެ.
މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރައީސް މުއިއްޒު އަންގައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމުގައިވާ ޑރ. އަޒްމިރަލްޑާ އާއި ގުޅުވައިގެން ދަނީ ސާބިތު ނުހިފޭ ވާހަކަތައް ފަތުރަމުންނެވެ. މިކަމާއި ބެހޭ މައުލޫމާތު ސޯޝަލް މީޑިޔާއަށް ލީކް ކޮށްލީ އޭޖީ އޮފީހުންނެވެ. މިކަމުގެ އަޑީގައި ރައީސް މުއިއްޒާއި، އުޝާމު ހުންނެވި އިރު، ޕީއެންސީ އެކްޓިވިސްޓުން ސޯޝަލް މީޑިޔާގައި ވާހަކަ ފަތުރަމުންދަނީ ފަނޑިޔާރަށް ބިރު ދެއްކުމުގެ ގޮތުންނެވެ.