މަޖިލީހުގެ ބާރުވެރިކަން ނެގުމަށް، ޤާނޫނު އަސާސީ އަށް އެ ޤާނޫނު އަސާސީގެ ރުޙާއި، އަދި އެހެން މާއްދާތަކާއި ފުށުއަރާ ގޮތަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން މަޖިލީހުގެ މެމްބަރުންގެ މިނިވަންކަން ގެއްލި ދައުލަތުގެ މުއައްސަސާއެއްގެ ބާރުވެރިކަން ޕާޓީގެ ވެރިންނަށް ލިބި މުޅި ނިޒާމު އޮޅުން ބޮޅުމަކަށް ގޮސްފައި ވާތީ، އެމައްސަލަ އާންމު ރައްޔިތުންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތީ މައްސަލަ ބަލައި ނުގަތުމަށް ދައުލަތުގެ ވަކީލުން ކޯޓުގައި ވަކާލާތު ކޮށްފައި ވަނިކޮށެވެ.
ނަމަވެސް މުއިއްޒު ވަނީ ކޯޓުތަކަށް ނުފޫޒު ފޯރުވަން ފަށާފައެވެ. މި ގޮތުން ފަނޑިޔާރަކާއި މެދު ދޮގު ވާހަކަ ހޯމް މިނިސްޓަރ އަދި އޭޖީ އާއި ގުޅިގެން ފެތުރުމާއި، ހުސްނުއް ސުއޫދަށް އުއްތަމަ ފަނޑިޔާރު ކަން ހުށައެޅުން ހިމެނެއެވެ. މީގެ އިތުރުން މުއިއްޒު ވަނީ އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރުމަށް ޕްރެޝަރ ކުރަމުންނެވެ.
މައްސަލަ ނިންމާ ގޮތަކަށް ބަލައި ފަނޑިޔާރުން ވަކި ކުރަން މުއިއްޒު ނިންމާފައިވާއިރު، ފަނޑިޔާރުންގެ ގޮތުގައި ތިބި ފަރާތްތައް އިންސާފަށްވުރެ އެމީހުންގެ މަސްލަހަތު އިސްކުރާނެ ކަމަށް ގިނަބަޔަކު ދެކެއެވެ.
މުއިއްޒު އަށް ފުރިހަމަ ކޮންޓްރޯލް ނެތް ހަމައެކަނި ތަނަކީ ސުޕްރީމް ކޯޓެވެެ. ނަމަވެސް މި މައްސަލާގައި ފަނޑިޔާރުންގެ ކިބައިން އިންސާފުވެރިކަން ފެންނާނެ ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފެދެމުން ދަނީ، މި މައްސަލަ ނިމޭ ގޮތުން މިކަމުގެ ސީދާ ފައިދާ އަދި ގެއްލުން ވާނެ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެފައި، ފަނޑިޔާރުންގެ ކިބާގައި އިންސާފު ޤާއިމު ކުރުމުގައި ޤައުމުގެ އެއްބާރާއި ޖެހިގަނެގެން، ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމުގެ އެވަރުގެ ޚުލްގު ވެރިކަމެއް އަދި އެފަދަ ހިތްވަރެއް ހުރި ބައެއް ކަމުގައި ޤަބޫލު ނުކުރެވޭތީއެވެ. މިއަށްވުރެ މާ ކުޑަ ނުފޫޒުތަކަށް އެކި ކޯޓުތަކުގެ ފަނޑިޔާރުން ދީލާލާފައިވާ މަންޒަރު ފެންނަން ހުރުމާއި، އިންސާފު ޤާއިމު ނުވެ، ރައްޔިތުންނަށް އަދުލުގެ ނިޒާމުގެ ތެރެއިން އަނިޔާ ލިބުން ގިނަވެފައިވާތީއެވެ.
އަދި މައްސަލަ ނިންމުމުގައި އިންސާފު ޤާއިމު ކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތުގެ ރައްކާތެރިކަމަށް ބަލާ ފަނޑިޔާރުން މާޒީގައި ފެނިފައި ވާތީއެވެ.
ފަނޑިޔާރުން ވަކި ކުރުމަށް ނިންމާފައިވާ މަޝްވަރާތައް ހިނގާފައިވަނީ، މަޖިލީހުގެ މުއިއްޒު އެންމެ އިތުބާރު ކުރާ 2 މެމްބަރަކާއި އޭޖީ އާއި އެކީ ކަމަށް މައުލޫމާތު ލިބެއެވެ.