ޚަބަރު

ރައްޔިތުން ހާލުގައި ތިއްބާ، ބަރަކާތްތެރި ޢީދު ދިއްލާލަނީވެސް އިސްރާފާއި ކޮރަޕްޝަނުގެ އަލިފާނު ބޮކިތަކަށް 28 މިލިއަން ދުއްވާލައިގެން

ދިޔަވަރު
ރައްޔިތުން ހާލުގައި ތިއްބާ،  ބަރަކާތްތެރި ޢީދު ދިއްލާލަނީވެސް އިސްރާފާއި ކޮރަޕްޝަނުގެ އަލިފާނު ބޮކިތަކަށް 28 މިލިއަން ދުއްވާލައިގެން

ރައްޔިތުން ހާލުގައި ތިއްބާ، މާތް ރަސްކަލާންގެ ބަރަކާތްތެރި ކުރެއްވި ޢީދު ދިއްލާ ލުމުގެ ނަމުގައި އިސްރާފާއި ކޮރަޕްޝަނުގެ އަލިފާނު ބޮކިތަކަށް 28 މިލިއަން ދައުލަތުން ދުއްވާލަން މުއިއްޒު ނިންމައިފިއެވެ.

މި ފައިސާ ދަނީ މުއިއްޒުގެ އަރިސް މަޖިލީސް މެމްބަރަކަށް ކަމާއި، މިދިޔަ އަހަރު 25 މިލިއަން ޚަރަދު ކޮށް ގެނައި ބޮކިތައް ހުއްޓާ މިކަން މުއިއްޒު ކުރަން ނިންމީ މާތް ރަސްކަލާންގެ މާތް ކުރެއްވު މުސްލިމުންގެ ޢީދެއްގެ މަތިވެރިކަން ގެއްލޭހެން އިންތިހާއަށް ކޮރަޕްޝަން އިތުރު ކޮށްގެންނެވެ.

25 މިލިއަން ރުފިޔާ މިހެން އިސްރާފުކޮށް މުއިއްޒުގެ އަރިސް ފަރާތްތަކަށް ބަހާލަން މުއިއްޒު ނިންމި އިރު ރައްޔިތުން ތިބީ ތަކެތީގެ އަގު ރާއްޖޭގެ ތާރީޚުގައި ބޮޑު ނުވާވަރަށް ބޮޑުވެ، ދަތި ހާލުގައެވެ.

އާސަންދަ ނުލިބެއެވެ. ރައްޔިތުންނަށް ޕްރޮޖެކްޓްތަކެއް ނުނިންމައެވެ. މި ފަދަ ވައްކަމުގައި ދައުލަތް ލޫޓުވުން ފިޔަވައި އިތުރު އެއްވެސް ކަމެއް މުއިއްޒު ނުކުރައެވެ.