ޖަޕާނުގެ ޤައުމީ ދުވަސް ކަމަށް ބުނެ ޕޯސްޓަރު ހަދައި މުއިއްޒު ޓްވީޓް ކޮށްފިއެވެ. ޤައުމީ ދުވަހެއް، ޤައުމެއްގެ ބަންދު ދުވަހެއް 7000 ސިޔާސީ ވަޒީފާގައި ތިބި ފަރާތްތަކަށް ނޭނގޭ ވަރުގެ ނާ ޤާބިލު ސަރުކާރެއް މި ނޫނީ ދުނިޔެ ނުދެކެއެވެ.
މުއިއްޒު އިނގިރޭސިން ކޮށްފައިވާ މި ޓްވީޓްގެ ސަބަބުން މުޅި ދުނިޔޭގައި ރާއްޖެ މިވަނީ ލަދު ގަންނަން ޖެހިފައެވެ.
ޖަޕާނުގެ ޤައުމީ ދުވަހަކީ 11 ފެބްރުއަރީއެވެ. ނަމަވެސް 23 ފެބްރުއަރީ، މިއަދަކީ ޖަޕާނުގެ އެމްޕަރަރގެ އުފަން ދުވަހެވެ. އެ ޤައުމުގައި މިއަދަކީ ބަންދު ދުވަހެކެވެ. އުފަންދުވަހާއި ޤައުމީ ދުވަހާއި އޮޅޭނީ ލައްކަ ތަންދޮރު ނުދަންނަ ވެރިއަކު ވެރިކަމުގައި ހުރުމުންނެވެ.
