ޚަބަރު

އެއެއް މިއެއް ވަކިނުވާ ސާޖިދާ އެންމެފަހުން ކުރަހާ ލިޔެހެދީ ދިވެހި ގައުމީ ދިދާގައި! ދިވެހި ގައުމީ ދިދައިގެ ޙުރުމަތް ކަނޑާލީ ތުއްތު ކުދިންތަކެއްގެ ކުރިމަތީ!

ދިޔަވަރު
އެއެއް މިއެއް ވަކިނުވާ ސާޖިދާ އެންމެފަހުން ކުރަހާ ލިޔެހެދީ ދިވެހި ގައުމީ ދިދާގައި! ދިވެހި ގައުމީ ދިދައިގެ ޙުރުމަތް ކަނޑާލީ ތުއްތު ކުދިންތަކެއްގެ ކުރިމަތީ!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިވެހި ދިދައިގައި އޮޓޯގްރާފް ސޮއިކުރައްވަމުން ގެންދެވި ގެންދެވުމަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ދިވެހި ދިދައިގައި އޮޓޯގްރާފް ސޮއިކުރައްވަމުން ގެންދަވާފައިވާ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން މި ވީޑިއޯއިން ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހު ވަޑައިގެންނެވި ރަށެއްގައި ކުޑަ ދެ ކުދިން އައިސް ދިވެހި ދިދައިގައި ފަސްޓްލޭޑީ ސާޖިދާގެ އޮޓޯގްރާފެއް ހޯދަން އެދޭ މަންޒަރެވެ.

އަދި ފަސްޓްލޭޑީ ސާޖިދާ ވަނީ ގަލަމަކުން ދެކުދިންގެ އަތުގައި އޮތް ދިދައިގައި އޮޓޯގްރާފް ސޮއިކުރައްވާފައެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް އެކްސްގައި ޕޯސްޓް ކުރީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ލިބޭގޮތަށް ސަސްޕެންޑްކުރުމަށްފަހު ފަހުން އެޗްޑީސީގެ ސިޔާސީ މަގާމަށް އައްޔަންކުރި މަލްޝާ ޝަރީފެވެ.

އޭނާ ވަނީ ދިވެހި ދިދައިގެ ހުރުމަތް ކަނޑާ މަންޒަރު ފެންނަ އެ ވީޑިއޯ ފަހުން ޑިލީޓްކޮށްލާފައެވެ.

މި ވީޑިއޯއާއި ގުޅިގެން ގިނަ ބައެއްފެ ފާޑުކިއުން އަމާޒުވެފައިވާއިރު ބައެއް ފަރާތްތަކުން ބުނެފައިވަނީ ދިވެހި ދިދައިގައި އަމިއްލަ ސޮއި އެޅުމަކީ ކުޑަކުދިންނަށް ދެވުނު ނުބައި ފިލާވަޅެއް ކަމަށެވެ. އަދި ކޮށްފައި ނުކުރާނެކަމެއް ނެތް ކަމަށެވެ.

ވީޑިއޯއާއި ގުޅިގެން ކޮމެންޓް ކުރި ފަރާތްތަކުން ބުނެފައިވަނީ މިއީ ދިވެހި ދިދަޔަށް އިހުތިރާމު ކުޑަކުރުން ކަމަށާއި، ދިވެހި ދިދައަކީ ޓިޝޫއެއް ނޫން ކަމަށެވެ.

މީގެ އިތުރުން މީގެ ކުރިން ކުޑަކުދިން ލައްވާ ދެނީ ނޯޓް ކޮޅު ކަމަށާއި، މިހާރު އެކަން އަތަށް ގޮވާ މިއީ ސަރުކާރުގެ އިސް ފަރާތްތަކުން ރާވައިގެން ކުރާ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގައުމީ ދިދައަކީ ކޮންމެ ގައުމެއްގައިވެސް އެންމެ އިހުތިރާމް ލިބިގެންވާ އެ ގައުމެއްގެ އަމިއްލަވަންތަކަމާއި މިނިވަންކަން ދައްކުވައިދޭ ރަމްޒެކެވެ. ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައި ދިދަތަކުގައި ސޮއިކުރުމާއި، އޭގެ ގަދަރު ކުޑަވާނެގޮތަށް ކަންކަން ކުރުމަކީ ކުށުގެ ގޮތުގައި ބަލައިގަނެފައިވާ ކަންކަމެވެ.