ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އިހުސާން ވަނީ ޑީއެންއާރުގެ މީޓިންގ ރޫމުގައި ސިޔާސީ ފޯމު ފުރުމުގެ މަސައްކަތް ކުރިކަން ރަސްމީކޮށް އެއްބަސްވެވަޑައިގެންފިއެވެ. ޑީއެންއާރު ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދިކަމުގެ ތުހުމަތުތައް ދިމާވަމުންދާއިރު، އިހުސާން ވިދާޅުވެފައިވަނީ ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކުރިނަމަ ވައްދާނީއެއް އެންމެ 1,700 ފޯމު ނޫން ކަމަށެވެ. ނަމަވެސް އިހްސާން ވައްކަން ކޮށްގެން ވައްދާފައި ވަނީ މުއިއްޒު އޭނާއަށް ޝަރުތު ކުރި ވަރަށެވެ.
ނަމަވެސް އިހްސާނުގެ ވާހަކައާއި ޚިލާފަށް، ޑީއެންއާރުގެ މީޓިންގ ރޫމުގައި ނެގިފައިވާ ފޮޓޯތަކުން ފެންނަނީ ޑީއެންއާރުގެ ސިސްޓަމުތަކާއި ކޮމްޕިއުޓަރ ބޭނުންކޮށްގެން ފޯމު ފުރާފައިވާކަމެވެ. އަދި އައިޑީކާޑު ތަކުގައި ވާ ފޮޓޯތައް އެޑިޓްކޮށްގެ ބޭނުން ކޮށްފައިވާކަމެވެ. ޚާއްޞަކޮށް އާންމުވި ފޮޓޯތަކުން ފެންނަނީ އައިޑީކާޑު ހަދަން މީހުން ދީފައިވާ ބާ އައިޑީކާޑުތަކުގައި ހުރި ފޮޓޯތައް ފޯމުތަކުގައި ބޭނުންކުރަމުންދާ މަންޒަރެވެ.
އަދި ފުލުހުންނާއި، އެމްޑީޕީ މެމްބަރުންނާއި، މަރުވެފަ ތިބި މީހުންވެސް ވަނީ ޑީއެންއާރު ޑޭޓާބޭސް ބޭނުން ކޮށްގެން ވައްދާފައެވެ.
އިހުސާން އިތުރަށް ވިދާޅުވެފައިވަނީ އެތަނަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންނެވި ކަމަށެވެ. އޭގެތެރޭގައި ފުރަތަމަ ފަހަރު ވަޑައިގެންނެވީ ސިޔާސީ ފަރާތްތަކުން ޕިއްޒާ އޯޑަރުކޮށްގެން ގެންގުޅުނު ދުވަހެއްކަމަށާއި، ދެވަނަ ފަހަރު ވަޑައިގެންނެވީ ފޯމުތައް ފެކްކޮށް ނުނިމޭތީ އެކަމަށްކަމަށެވެ.
މިއާއެކު، މީގެ ކުރިން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވެފައިވަނީ ޕީއެންސީގެ ތެރޭގައި ވަގު ފޯމު ފުރަމުންދާކަމަށާއި، މިކަން ކުރަނީ އައިޑީކާޑުގައި ހުންނަ ފޮޓޯތަކުގައި މީހުން ލައިގެން ތިބޭ ހެދުމުގެ ކުލަ ބަދަލުކޮށްގެންކަމަށެވެ.
ޑީއެންއާރާ ހަވާލުވެ ތިބި ސިޔާސީ އިސް މުވައްޒަފުން މީޑިއާއަށް ވިދާޅުވެފައިވާ ގޮތުގައި، އެ މީޓިންގ ރޫމް ދޫކޮށްފައިވަނީ މިނިސްޓަރުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. އިހުސާން ވިދާޅުވެފައިވަނީ ގާނޫނާ ގަވާއިދާ ޚިލާފު ނުވިޔަސް މިފަދަ ކަންކަމަކީ "ކަރާމާތް ލިބިގެންވާ އޮފީހެއްގައި ކޮށްގެންވާނެ ކަންކަމެއް ނޫން" ކަމަށެވެ.
ކަރާމާތުގެ ވާހަކަ ދައްކައި މައްސަލައިގެ ސީރިއަސް ކަން ނަގާލަން މީނާ މަސައްކަތް ކުރި އިރު، މީނާ ކޮށްފައިވާ ކަމަކީ ޤާނޫނާއި ޚިލާފު ޖިނާޢީ ބޮޑު ކުށެކެވެ.