ޚަބަރު

ދޮގު ހެކި ދިނުމަކީ ޖިނާޢީ ކުށެއް ނަމަވެސް، އެއީ ކުށެއް ނޫންކަމަށް ދޭހަކޮށް މަޖިލީހުގައި އިހްސާނަށް އިއުތިރާފެއް ވެވިއްޖެ

ދިޔަވަރު
ދޮގު ހެކި ދިނުމަކީ ޖިނާޢީ ކުށެއް ނަމަވެސް، އެއީ ކުށެއް ނޫންކަމަށް ދޭހަކޮށް މަޖިލީހުގައި އިހްސާނަށް އިއުތިރާފެއް ވެވިއްޖެ

އިހުސާން މަޖިލީހުގައި ވާހަކަ ދައްކަމުން ވިދާޅުވީ ޑީއެންއާރުގެ މީޓިންގ ރޫމެއްގައި ހަވީރު ފޯމު ފުރުމުގެ މަސައްކަތްތަކެއް ކުރި ކަމަށެވެ. ފޯމުތައް ފުރައިގެން ގެނައި އިރު، އޭގެ ހެކިވެރިންގެ ބައި އިންނަނީ ނުފުރާ ކަމަށާއި، އެ ފޯމުގައި ހެކިވެރިންގެ ބައިގައި ފިންގަރ ޕްރިންޓް ޖެހުމާއި ސޮއިކުރުމުގެ މަސައްކަތާއި ތަފްސީލު ލިޔުމުގެ މަސައްކަތް އެތަނުގައި ކުރިއަށް ދިޔަކަމަށް އިހުސާން ވިދާޅުވިއެވެ.

ނަމަވެސް ޕާޓީގެ ފޯމު ފުރުމުގައި، ހެކިވެރިޔާ ސޮއިކޮށް އޭނާގެ ބައި ފުރިހަމަ ކުރަން ޖެހޭނީ ހެކިވެރިންގެ ހާޒިރުގައެވެ. އަދި މިވާހަކަ ފޯމުތަކުގައި ލިޔެފައިވެއެވެ. އެހެންކަމުން ޖިނާޢީ އިތުރު ކުށެއް ކުރިކަމަށް ވެސް އިހްސާނަށް މިވަނީ އެއްބަސްވެވިފައެވެ.

އިހްސާން އަކީ އީގޯ އިންތިހާއަށް ބޮޑު، އަނިޔާވެރި ރައްޔިތުންގެ އެއްވެސް ތާޢީދެއް ނެތް މިނިސްޓަރެކެވެ. މުއިއްޒު ފިޔަވައި މިވަގުތު ރާއްޖޭގައި ހުރި އެންމެ ގިނަބަޔަކު އެމީހެއްގެ ފަރާތުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް ބޭނުންވަނީ އިހްސާނުގެ ފަރާތުންނެވެ.