ޚަބަރު

ބެންޗު ބަދަލުކުރާ އިސްލާހު މިއަދުގެ ހެނދުނު ހެނދުނާ މަޖިލީހުން ފާސްކުރީ, ސުޕްރިމް ކޯޓުގެ ވަގުތީ އަމުރަކަށް ޖާގަ ނުދޭން! ފަނޑިޔާރުން ބަރަވެލި ދުވެލީގައި ތިބެގެން އަމިއްލަ ޖާނުވެސް ސަލާމަތެއް ނުކުރެވޭނެ!

ދިޔަވަރު
ބެންޗު ބަދަލުކުރާ އިސްލާހު މިއަދުގެ ހެނދުނު ހެނދުނާ މަޖިލީހުން ފާސްކުރީ, ސުޕްރިމް ކޯޓުގެ ވަގުތީ އަމުރަކަށް ޖާގަ ނުދޭން! ފަނޑިޔާރުން ބަރަވެލި ދުވެލީގައި ތިބެގެން އަމިއްލަ ޖާނުވެސް ސަލާމަތެއް ނުކުރެވޭނެ!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން މިއަދުގެ ހެނދުނު ހެނދެނާ ފާސްކޮށްފި އެވެ.

މަޖިލީހުގައި މީގެ އިރުކޮޅެއް ކުރިން ނެގި ވޯޓުގައި ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަންށެވެ.

މި އިސްލާހު ފާސްވީ 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން މި އިސްލާހު ފާސްކުރުމަށް ވޯޓަށް އަހާފައިވަނީ ކޮންމެ މެންބަރެއްގެ އަރިހުގައި ވަކިން އަހައިގެންނެވެ.

އިއްޔެ މަޖިލީހަށް ފުރަތަމަ ކިއުން އިއްވުމަށްފަހު, މިއަދުގެ ހެނދުނު ހެނދުނާ މި ބިލް މުއިއްޒުގެ އެންގުމަށް ފާސްކޮށްފައިވަނީ, މިހާރު ސުޕްރިމް ކޯޓަށް ހުށަހެޅިފައިވާ ވަގުތީ އަމުރަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައެވެ. ގާނޫނާއި ޚިލާފަށް ސުޕްރިމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށް ކޯޓުތަކާބެހޭ ގާނޫނަށް މިގެންނަ އިސްލާހު ބެލެވޭ ގޮތުގައި މިއަދުގެ މެންދުރެއްހާއިރު މުއިއްޒު ތަސްދީގު ކުރައްވާނެއެވެ.

އެހެންނަނަމަވެސް ސުޕްރިމް ކޯޓުގެ ވަގުތީ އަމުރަކަށް އެދި އެކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމެއް އަދި ބޭއްވިފައި ނުވާއިރު, ބެލެވޭ ގޮތުގައި މިއަދު ގާނޫނަަށް ގެނައި އިސްލާހު ކުރުމާއެކު މިހާރު އޮތް ބެންޗު އުވިގެންދާނެއެވެ.