ޚަބަރު

ފަނޑިޔާރު ސުއޫދު، އަޒްމިރަލްޑާ އަދި މަހާޒު ޖޭއެސްސީން ސަސްޕެންޑްކޮށް، އިތުރު ދެ ފަނޑިޔާރަކު ވަކިކޮށް، މުޅި ކޯޓު ހައިޖެކް ކުރުމަށް މުއިއްޒު ނިންމައިފި!

ދިޔަވަރު
ފަނޑިޔާރު ސުއޫދު، އަޒްމިރަލްޑާ އަދި މަހާޒު ޖޭއެސްސީން ސަސްޕެންޑްކޮށް، އިތުރު ދެ ފަނޑިޔާރަކު ވަކިކޮށް، މުޅި ކޯޓު ހައިޖެކް ކުރުމަށް މުއިއްޒު ނިންމައިފި!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ސަސްޕެންޑްުކޮށްފި އެވެ. ނަމަވެސް މިކަން ކޮށްފައިވަނީ މުއިއްޒު އަންގައިގެން ޖުޑިޝިއަރީ އަށް ނުފޫޒު ފޮރުވުމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި އެ ގޮތަށް ނިންމީ އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުންނެވެ. ޖޭއެސްސީގެ މެމްބަރަކު ވިދާޅުވީ، އެ ފިޔަވަޅު އެޅީ އޭސީސީން ބަލާ މައްސަލައިގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާ ކޮށްފައިވާތީ ކަމަށެވެ.

މީގެ އިތުރުން މަޖިލީހުން ފާސްކުރި ޣައިރު ޤާނޫނީ ބިލާއި އެކު، 2 މެމްބަރަކު ސުޕްރީމް ކޯޓުން ވަކިކޮށް، ޕަޕެޓުންތަކެއް ކޯޓަށް ނެގުމަށް މުއިއްޒު ވަނީ ނިންމާފައެވެ.

މިކަން ކުރަމުންދަނީ މިހާރު ކޯޓުގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުން ވަކި ނުވާގޮތަށް ވަގުތީ އަމުރަކަށް އެދިފައި ވަނިކޮށް އެކަމާއި ގުޅިގެން އެ އަމުރު ނެރެވިޔަ ނުދިނުމަށް މުއިއްޒު އަންގައިގެންނެވެ.

މުއިއްޒަކީ މުޅި ދިވެހިރާއްޖޭގެ ތާރީޚު ނުދެކޭ ވަރުގެ އަނިޔާވެރި ވެރިއެކެވެ. ރައްޔިތުންގެ ޙައްޤުތަކާއި ކޯޓުތަކާއި، މިނިވަން ހުރިހާ މުއައްސަސާތައް ވަނީ ފުނޑުފުނޑު ކޮށްފައެވެ.