ޚަބަރު

ބިލާ ދެކޮޅަށް އަޑު އުފުލާފަ, ބިލް ފާސްކުރަން ވޯޓު ދިނުން: ދީނީ ތާޖު އަޅައިގެން, ޑރ. ކަމުގެ ލަގަބު ނަމުގެ ކުރިޔަށް ލައިގެން އިނދެ, އަނާރާ މި ދެއްކީ މުނާފިގު ކަމުގެ ސިފަ!

ދިޔަވަރު
ބިލާ ދެކޮޅަށް އަޑު އުފުލާފަ, ބިލް ފާސްކުރަން ވޯޓު ދިނުން: ދީނީ ތާޖު އަޅައިގެން, ޑރ. ކަމުގެ ލަގަބު ނަމުގެ ކުރިޔަށް ލައިގެން އިނދެ, އަނާރާ މި ދެއްކީ މުނާފިގު ކަމުގެ ސިފަ!

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ހުށަހެޅި ބިލުގައި ބައެއް ކަންބޮޑުވުންތައް ހުއްޓަސް، ބިލު ފާސްކުރަން ވޯޓު ދެއްވީ, ގާނޫނު އަސާސީއަށް ބެލުމެއް ނެތި ޕީއެންސީއާ އެކު ކުރިއަށް ދިއުމުގެ ބޭނުމުގައި ކަމުގައި މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އޭނާގެ ކިބައިގައި ހުރި މުނާފިގުކަމުގެ ސިފަ ދިފާއުކޮށް ވާހަކަ ދައްކަވައިފިއެވެ.

އެތައް ބައެއްގެ ނުރުހުން އަމާޒުވެފައިވާ މި ބިލު ދިރާސާކޮށް ބިލާ މެދު ގޮތެއް ނިންމަން ބޭއްވި ޖުޑީޝަރީ ކޮމިޓީގައި ބިލު ފާސްކުރަން ނެގި ވޯޓުގައި އަނާރާ ވަކިކޮޅަކަށް ވޯޓެއް ނުދެއްވި އެވެ. ނަމަވެސް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަނާރާ ވޯޓު ދެއްވީ ބިލު ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.

އަނާރާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ބެންޗު ކުޑަކުރުމާ އޭނާ ދެކޮޅު ނުވާ ކަމަށެވެ. ނަމަވެސް ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރަން ބިލުގައި ބަޔާންކުރާ މުއްދަތުތައް މާ ކުރު ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ. އެއީ ކޮމިޓީ ބައްދަލުވުމުގައި ވެސް ބިލާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަ އެވެ.

”ކޮމިޓީގައި ވެސް އޮންނާނެ އަޅުގަނޑުގެ ހިޔާލު ފާޅުކޮށްފައި. އެ މުއްދަތު ތަންކޮޅެއް ކުރު ކަމަށް. ފަނޑިޔާރުން ވަކިކޮށް އައްޔަންކުރަން ބިލުގައިވާ މުއްދަތު، އެ ކުޑަ ކަމަށް ދެކޭ ސަބަބު ވެސް ކޮމިޓީގައި ބަޔާންކުރިން،“ އަނާރާ ވިދާޅުވި އެވެ.

ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގަރިއްރުކަން ވެސް ކުރައްވާ އަނާރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ދެ ފަނޑިޔާރަކު ކަނޑައަޅަން ދީފައިވާ މުއްދަތަކީ ފަނޑިޔާރުން އޭގައި ޖަވާބުދާރީވާން ފުރުސަތު ނުދެވޭ ވަރުގެ މުއްދަތެއް ކަމަށެވެ.

ނަމަވެސް އިއްޔެގެ ކޮމިޓީގައި ބިލާ ގުޅިގެން މި ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހު ވެސް ބިލަށް އެއްވެސް އިސްލާހެއް ހުށަހަޅުއްވަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ވޯޓަކަށް ވެސް ނާހަ އެވެ.

އަނާރާ މިއަދު ވިދާޅުވީ ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ޕާލިމެންޓްރީ ގްރޫޕުން ނިންމާ ނިންމުމަކަށް އިހުތިރާމު ކުރާނެ ކަމަށެވެ. ޕީއެންސީގެ ޓީމާ އެކު ކުރިއަށް ދާން ބޭނުންވާ ނަމަ، ޕާޓީގެ ނިންމުމާ އެއް ގޮތަށް ވޯޓު ދެއްވަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

”އަޅުގަނޑު ހިޔާލު ފާޅުކޮށްފައިވާނެ ކޮމިޓީގައި. އެހެން ނަމަވެސް، ޕާޓީގެ އެމްޕީއެއްގެ ހައިސިއްޔަތުން، ޕާޓީގެ ގިނަ އެމްޕީން ބަސް ބުނީމައި، މެޖޯރިޓީން ގޮތެއް ނިންމީމައި އަޅުގަނޑު ވެސް ނިންމީ ޕާޓީއާ އެކީ ކުރިއަށް ދާން،“ އަނާރާ ވިދާޅުވި އެވެ.

އެހެންނަމަވެސް ގާނޫނު އަސާސީއާއި ގާނޫނުގައި ބުނެފައިވަނީ, ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބޯލަބަން ޖެހޭނީ ގާނޫނުތަކާއި ގާނޫނު އަސާސީއަށް ކަމަށެވެ. މެމްބަރުން އިންތިޚާބުވުމަށްފަހު ކުރެއްވި ހުވާގައި ބަޔާން ކޮށްފައިވަނީވެސް އެފަދައިންނެވެ.

އަދި އަމުދުން ދިނީ ތާޖު އަޅައިގެން, ނަމުގެ ކުރިޔަށް ޑރ.ގެ ލަގަބު ޖަހައިހެން, އަނާރާ ނައީމްގެ ބަހާއި އަމަލާ ދިނާނުވެ, މުނާފިގު ކަމުގެ ސިފަ ފާޅުވެގެން ދިއުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވެއެވެ.