މިއަދު ފިނޭންސް މިނިސްޓްރީން ގެޒެޓުކުރި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނެވުނު އިސްލާހަކީ ދިވެހިރާއްޖޭގެ މާލީ އިދާރާތަކުގެ ހާމަކަމާއި ޖަވާބުދާރީވުމަށް ބޮޑު އުނިކަމެއް ގެނެވިދާނެ ބަދަލެކެވެ. ވަޒީރުންގެ މަޖިލީހުން ނުވަތަ އޭގެ ކޮމިޓީއަކަށް "ރައްޔިތުންގެ އަސާސީ ބޭނުންތައް" ކަމަށް މާނަކުރެވޭ މަޝްރޫޢުތައް ބިޑަކާ ނުލައި "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުން ހަވާލުކުރުމުގެ ފުރިހަމަ ބާރު މި އިސްލާހުން ލިބިދޭކަން ފާހަގަކުރެވެއެވެ.
މިއީ ކީއްވެ ކަންބޮޑުވާންޖެހޭ ކަމެއް؟
- ބައިނަލްއަޤްވާމީ ހަމަތަކާ ޚިލާފު: މި ބަދަލަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކާ ސީދާ ފުށުއަރާ ކަމެކެވެ. މިފަދަ ހަމަތަކުގައި ވާދަވެރި ބީލަންތައް، ހާމަކަން ބޮޑު ޕްރޮސެސްތައް އަދި ހަމަހަމަ ފުރުޞަތުތައް ހުރިހާ ފަރާތްތަކަށް ލިބިދިނުން ލާޒިމުކުރެއެވެ.
- ފަސާދައިގެ ފުރުޞަތު: ކޮރަޕްޝަނާއި ވައްކަމުގެ ތެރެއިން ނޫނީ ޕްރޮޖެކްޓްތައް ނުދިނުން
- ވަކި ފަރާތްތަކަށް މަންފާ: ހަރުދަނާ ނިޒާމު އުވާލައި، ސިޔާސީ ގޮތުން ގުޅުންހުރި ކުންފުނިތަކާއި ފަރާތްތަކަށް މަންފާއާއި ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ޕްރޮޖެކްޓްތައް ދިނުން
- ފައިސާގެ އިސްރާފު: ވާދަވެރި ބީލަމެއް ނެތި ގެންދެވޭ މަޝްރޫޢުތަކުގައި ޢާންމުކޮށް އަގުބޮޑުވުމާއި ފައިސާގެ އިސްރާފު ބޮޑުކަން ދުނިޔޭގެ އެކި ޤައުމުތަކުގެ ތަޖުރިބާއިން ފެނިފައިވާ ކަމެކެވެ. މި ގޮތުން މުޅި މާލިއްޔަތު ވީހާވެސް އަވަހަށް މުއިއްޒު ބޭނުން ބަޔަކަށް ދީ މަޅާލައި، މަސައްކަތްތައް ނުނިންމުމުން ބަދަލު ދިނުމުގެ އެއްބަސްވުންތައް ހަދައި، އެތައް ސަތޭކަ އަހަރަކަށް މުޅި ރާއްޖެ ދަރުވާލުން
މިކަމަކީ މުޅި ދުނިޔޭގައި ބޭނުންކުރެވޭ ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކޮށް ބެލެހެއްޓުމުގެ އެންމެ އަސާސީ ހަމަތަކާ ފުށުއަރާ ސީދާ ކޮރަޕްޝަނުގެ އަމަލެކެވެ. މައިން ބަފައިންނާއި، ދޮންމައްމައަށް ނެތް ކުލުނެއް ރައްޔިތަކަށް ނުހުންނާނެއެވެ. މުއިއްޒުގެ ކިބައިން ފެންނަނީ އަނިޔާގެ ހައްދެއް ނެތް މިންވަރެވެ.