މުއިއްޒު އާއި ދެކޮޅުވާ މަޖިލީސް މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންނަށް ރިޔާސީ އިންތިޙާބުގައި ވޯޓު ނުލެވޭގޮތް ހެދުމަށް ބަންޑާރަނައިބު އުޝާމުއާއި މުއިއްޒު މަޝްވަރާ ކޮށްފި އެވެ. މަޝްވަރާ ކުރި ކަމުގައި ވީނަމަވެސް، މިކަން އަދި ވަކި ގޮތަކަށް ނުނިންމައެވެ.
މިކަން ނިންމުމަށްޓަކައި ޤަނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭނެ ކަމަށާއި، އެކަން މަޖިލީސް މެމްބަރުން ލައްވައި ލަސް ނުކޮށް ކުރުން މުހިންމު ކަމަށް މަޝްވަރާ ކޮށްފައިވެއެވެ.
ރާއްޖޭގައި އޮތް ޑިމޮކްރަސީ ނައްތާލުމުގައި އެންމެ ބޮޑު ދައުރެއް މުއިއްޒު އާއި އެކީ ކުރަމުންދަނީ އޭޖީ އުޝާމުއާއި، ހޯމް މިނިސްޓަރ އިހުސާންއެވެ. މި ދެމީހުންނަކީވެސް، މަޤާމުގެ ދަހިވެތިކަމުގައި ދިވެހިރައްޔިތުންގެ ހުރިހާ ހައްޤަކަށް އެއްވެސް ބެލުމެއްނެތި އަރަމުން އަންނަ އަނިޔާވެރިކަމުގައި އެއްވެސް ހައްދެއް ނެތް ދެ ފަރާތެވެ.
މިކަން ކޮށްފައިވަނީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު މަޖިލީހުގައި ސުޕްރީމް ކޯޓުގުގެ ފަނޑިޔާރުން ވަކި ކުރުމަށް ޤާނޫނަށް ގެނައި ބަދަލަށް ވޯޓު ނުދިނުމާއި ގުޅިގެން އެކަމުގެ ރުޅިވެރިކަމުގައި ކަމަށް މައުލޫމާތު ލިބެއެވެ.
މުއިއްޒު އާއި އަޒާން ދެކޮޅުވިއިރު، އެ ދާއިރާގެ ގިނަ ފަރާތްތައް ތިބީ އަޒާން އާއި އެކީ އެވެ. މާދަން ގޮނޑި ގެއްލުވާލިއަސް އަދި ޕާޓީއިން ކަނޑާލިޔަސް އަޒާނު އެ މަޤާމަށް މަޖިލީހަށް އަލުން ހޮވޭނެ ކަން އެއީ އެއްވެސް ޝައްްކެއް ނެތް ކަމެކެވެ. އަދި އެ ދާއިރާގައި މުއިއްޒަށް މިހާރު %4 މީހުންގެ ވެސް ތާޢީދެއް ނެތްކަމަށް ދިޔަވަރަށް މައުލޫމާތު ސާފު ކޮށްދިން ފަރާތުން ހާމަ ކުރެއެވެ.
ރައީސް މުއިއްޒު 2028ގައި އިންތިހާބު ނުބެއްވޭނެ ގޮތެއް އޮތިއްޔާ އެގޮތްވެސް ހޯދާނެ ކަމަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރެއެވެ. ދިވެހިންގެ މިނިވަންކަމާއި، ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިމަށް މުއިއްޒުގެ ސަބަބުން ވަނީ ހުރަސް އެޅިފައެވެ. އަދި އާންމުގެ ފަގީރުކަން އިންތިހާއަށް އިތުރުވެ، އަތްމަތި ހުސްވެ، ހިތްދަތި ދުވަސްތަކެއް ރާއްޖެއަށް ކުރިމަތިވެފައިވަނީ ރައީސް މުއިއްޒުގެ ވައްކަމާއި ކޮރަޕްޝަނާއި، އިހްލާސްތެރިކަން ނެތި ދޮގު ހެދުމާއި، ރައްޔިތުންނަށް އަނިޔާވެރި ވުމުގައި ހައްދުފަހަނައަޅައި ގޮސްފައިވާތީއެވެ.