ހަމީހުންނާއި ފަޅި މުޒާހަރާ ކޮށްގެން ފްލެޓް ލިބޭނަމަ މުއިއްޒު އަތުން މިއަދު ފްލެޓް ލިބުނީހެވެ. ގިނަ މީހުން ތިބީ މަޖިލީސް މެމްބަރުންނަށް ގުޅާލަ ގުޅާލަ އެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ދާއިރާގެ މެމްބަރު ދިޔައީ ފްލެޓް ލިބޭނެ ކަމުގެ ޔަގީން ކަން ދެމުންނެވެ. އަދިވެސް ގުޅާލަ ގުޅާލަ ތިބީމަ ހަމަ ހުންނާނީ ރަނގަޅަށެވެ.
ރައީސް ސާލިހުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ ހަތަރުހާސް ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ ފްލެޓު ލިބެނީ އެންމެ 1820 މީހުންނަށްކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައި ވާއިރު، 3119 މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ޑޮކިޔުމެންޓް ހަމަކޮށް އޮންލައިނކޮށް، ފޯމު ފުރިހަމަ ކުރުމުން އޭގެ މައްޗަށް ބީނާކޮށް، އޮޓޯއިން ޕޮއިންޓް ލިބޭ ނިޒާމެއްގެ ތެރެއިން އެމްޑީޕީއިން އެކަން ކޮށްފައި ވީނަމަވެސް، 3119 މީހުންނަށް ފްލެޓް ނުދިނުމަށް މުއިއްޒު ނިންމާފައިވަނީ، ސީދާ ސާޖިދާގެ ލިސްޓަކަށާއި، މުއިއްޒުގެ އަރިސް ފަރާތްތަކަށް ފްލެޓް ދިނުމުގެ ބޭނުމުގައެވެ.
އިންސާފުން ކަން ކުރާނަމަ، ނުބައި ޑޮކިޔުމެންޓެއް ހުށައަޅައިގެން ފްލެޓް ހޯދާފައިވާ ފަރާތެއް ވާނަމަ، އެމީހަކާއި މެދު ސަރުކާރުން ޖިނާޢީ ތަހުގީގެއް ކޮށް، އެކަމުގައި ކައުންސިލަރުން ބައިވެރި ވެފައިވާނަމަ، މައްސަލަ ބަލައި އެމީހުންނާއި މެދު ދައުވާކޮށް، ޖިނާޢީ ހުކުން ކޮށް އިންސާފު ޤާއިމު ކުރަން ޖެހެއެވެ. އެނޫން އެއްވެސް ގޮތަކަށް ބައެއްގެ ފޯމުތައް ގޯސް ކަމަށް ނިންމޭކަން މިކަމުގައި ނެތެވެ. ނަމަވެސް، ސަރުކާރުން މިފަދަ އެއްވެސް ތަޙްގީގެއް ނުކޮށް، އެތައް ބައެއްގެ ޙައްޤުތަކަށް އަރައިގަނެފައިވުމަކީ، ސީދާ ކަނޑައެޅިގެން ފްލެޓްތައް ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ލިސްޓަށް ބަހާލުމެވެ.
ދެން އޮތީ މުޒާހަރާގެ ވާހަކައެވެ. ފްލެޓު މައްސަލާގައި މާ ބޮޑު މުޒާހަރާއެއް ނުކުރެއެވެ. ދެތިން ފަހަރަކު ހައެއްކަ މީހުން މިނިސްޓްރީ ދޮށަށް ދިޔައެވެ. އެ ނިމުނީއެވެ. 4000 މީހުން ކޮބާތޯއެވެ؟ ގިނަ މީހުން ތިބީ މަޖިލީސް މެމްބަރުގެ ހެޔޮފުޅު ކަމުން، އެމީހުން މުއިއްޒަށް ނުފޫޒު ފޯރުވައިގެން ތިމަންނާއަށް އެފަދަ ނުބައި ގޮތަކުން ފްލެޓް ލިބޭނެ ކަމަށް ހީކޮށްގެން ވަރަށް އުފަލުގައެވެ. ނަމަވެސް އާޚިރުގައި ލަނޑު ލިބުނީ 3119 މީހުންނަށެވެ. 4000 މީހުން މަގު މައްޗަށް ނުކުމެ އެންމެންގެ ޙައްޤުގައި އަޑުއުފުލިނަމަ ފްލެޓް ލިބުނީހެވެ. ނަމަވެސް ތިމާއަށް މޮޅުގޮތް ވާނެ ކަމަށް ބަލައި، މޮޔައިން ތަކެއްހެން ތިއްބާ ކާޅު އައިސް ތެޔޮ ނާށި ޖަހައިގެން ދިޔައީއެވެ. ކަން މިވީ ހަމަ ވާންވީ ގޮތަށެވެ. ފްލެޓާއި، ގޯތި ދިނީމާ މި މީހުންގެ ނުބައިކަން ހުރިވަރަކީ، ގިނަ މީހުން ގޮސް ވޯޓުގަނޑު ދިނީ ވެސް އެމުއިއްޒަށެވެ. އަޅުގަނޑު ގާތަށް އަންނަނީ ހަމަ އަމަށަކު ހިންޏެއް ނޫނެވެ. ކަލޭމެންގެ ނުބައިކަން ކަލޭމެންނާއި އަރައި ހަމަ ކުރީއެވެ. އަމިއްލަ ޙައްޤުގައި ހަށިފޮޅާލަން ނުކެރޭ ތިކަހަލަ ފިނޑިންތަކަކަށް މުއިއްޒު ކައިރިން ލިބޭނެ ހަމަ އެކައްޗެއްވެސް ނޯންނާނެއެވެ.