ޔޫކޭ ރައްޔިތެއް ގޮތުގައި ހުރި ޚައިދަރުވެސް މެޑަމްގެ ލިސްޓުގައި ހިމެނިގެން ފްލެޓް ލިބިއްޖެއެވެ. ހަޔާ އެޑިޔުކޭޝަނަށް ހައިދަރު ބަދަލު ކޮށްފައި ވަނީ އޭނާ އަށް ފްލެޓް ލިބޭތީ އެކަމުން އޭނާ ބަރީޢަ ކުރުމަށް ކަމަށް މިހާރު ދަނީ ވާހަކަ ދެކެވެމުންނެވެ.
ހައިދަރަށް ދީފައިވަނީ 3 ބެޑްރޫމުގެ އެންމެ ބޮޑު ފްލެޓެވެ. ލަންޑަނުގައި ގެދޮރު ހުރި، ލަންޑަނުގެ ރަށްވެއްސެއް ގޮތުގައި ހުރި ފަރާތެއް، ބޯހިޔާވަހިކަން ނުލިބިގެން ހާލުގައި ތިބި ބަޔަކަށް ދިނުމަށް ހެދި ފްލެޓުން ފްލެޓް ލިބުމުން ފްލެޓްތައް މެޑަމްގެ ލިސްޓަށް ބަހާލި ގޮތް ރައްޔިތުންނަށް ސާފުވެއްޗެއެވެ.
ފްލެޓް ހައްޤު އެތައް ބައެއްގެ އަތުން ފްލެޓް ފޭރިގަނެފައި ވާއިރު، މިފަހަރު ފްލެޓް ބަހާލީ ހަމަ މެޑަމްގެ ލިސްޓަށެވެ. މީގެ އިތުރުން ވަނީ ފްލެޓް ކުލިވެސް ބޮޑުތަނުން ބޮޑުކޮށްފައެވެ. މިއީ ފްލެޓްތައް ނިންމުމަށް ސަރުކާރުން ކުރަން ޖެހޭ ހަރަދުގައި ކޮރަޕްޝަން ހިމަނާފައި ވުމުން ދިމާވި ހާލަތެއް ކަމުގައި ބެލެވެއެވެ.