މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމާން، ރައީސް މުއިއްޒަށް ބައި ނާޅައި ވައްކަން ކުރާ މައްސަލަ ބޮޑުވެގެން އޭނާ އެ މަޤާމުން ވަކިކޮށް، އެވަރަށް ވައްކަން ނުކުރެވޭ މަޤާމަކަށް އެމްޑަބްލިއުއެސްސީއަށް ބަދަލު ކުރަން މަޝްވަރާ ކޮށްފިއެވެ.
ރައީސް މުއިއްޒު މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރ އާއި، އަދި ރައީސް އޮފީހުގެ އަލީ އާރިފް އާއި މަޝްވަރާ ކޮށްފައިވާ ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ޚަބަރު ލިޔުމާއި ގުޅިގެން ދެން ބަދަލު ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ލަމާން ގެ މަގާމު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ފުލުހުން ދަނީ ލަމާނު ވަގު ތައުލީމީ ސެޓްފިކެޓެއް އުފައްދައިގެން އުޅޭ މައްސަލަ ބަލަމުންނެވެ. އަދި މި މައްސަލަ އޭސީސީގައި އޮތްކަންވެސް އޭސީސީ ތެރެއިން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ. މި ސެޓްފިކެޓް ހޯދާފައިވަނީ ކޮލޮމްބޯ އިންނެވެ. ނަމަވެސް ލަމާނު އެ ދުވަސް ވަރު ލަންކާއަށް ގޮސްފައި ނުވާއިރު، ލަމާނު ހަދާފައިވާ ކަމަށް ބުނާ ކޯހަކީ ސިންހަޅަ ބަހުން ކިޔަވަ ދޭ ކޯހެކެވެ.
ލަމާން އަކީ އަމިއްލަ ދިރިއުޅުމުގައި ވިޔަފާރި ކުރަން މަސައްކަތް ކޮށް ބޮޑު ތަކުން ފެއިލްވެފައިވާ ފަރާތެކެވެ. ސަރުކާރު ކުންފުނިތަކުގެ އެމްޑީއިންނާއި، ޑެޕިއުޓީއިންނަށް މުއިއްޒު ލާފައިވަނީ ކުންފުންޏެއް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ފަރާތްތަކާއި ކުންފުނިތައް ކުރިން ބޭންކުރަޕްޓް ކޮށް ދަވާލާފައިވާ ފަރާތްތަކާއި، ރަތްލާޖެހި ވަގުންނެވެ.