ޚަބަރު

މުއިއްޒު މިއަދު ވިދާޅުވަނީ ރާއްޖޭގެ ތާރީޚުގައިވެސް އިންސާފުން ފްލެޓް ދިނީ މިފަހަރު އެކަނިކަމަށް! ރައީސް ޔާމިންގެ ވެރިކަމުގައި ފްލެޓް ދިނީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގަ, މުއިއްޒުގެ ބެލުމުގެ ދަށުން!

ދިޔަވަރު
މުއިއްޒު މިއަދު ވިދާޅުވަނީ ރާއްޖޭގެ ތާރީޚުގައިވެސް އިންސާފުން ފްލެޓް ދިނީ މިފަހަރު އެކަނިކަމަށް! ރައީސް ޔާމިންގެ ވެރިކަމުގައި ފްލެޓް ދިނީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގަ, މުއިއްޒުގެ ބެލުމުގެ ދަށުން!

އިއްޔެ މިސަރުކާރުން އިޢުލާންކުރި ފްލެޓް ލިސްޓު އެކުލަވާލެއްވުމުގައި ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއްވެސް ފޯރުވާފައި ނޯންނާނޭކަމަށާއި, މިއީ ދިވެހި ތާރީޚުގައިވެސް ނުފޫޒެއް ނެތި, އިންސާފުން ފްލެޓް ދިން ފުރަތަމަ ފަހަރު ކަމުގައި މުއިއްޒު ވިދާޅުވެއްޖެއެވެ.

ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރެއްވުމަށް ފަހު ރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިއްޔެ އިޢުލާންކުރެވުނު ލިސްޓު ޢާންމުކޮށްފައި އެވަނީ، މިދިޔަ ސަރުކާރުން އިޢުލާންކުރި ލިސްޓުގައި ހުރި މައްސަލަތައް އޭ.ސީ.ސީއިން ބަލައި، އެ ސަރުކާރުން އިޢުލާންކުރެއްވި ޝަރުޠުތަކަށް ޕޮއިންޓްދޭން ކަނޑައަޅާފައިވާ އުޞޫލަށް ބަލައިގެން ކަމުގައެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ކުރިޔަށްދިޔަ ރިޔާސީ ކެމްޕޭންގައި, ދިވެހި ރައްޔިތަކަށް ލިބިފައިވަ އެއްވެސް ފްލެޓެއް އަތުލުނާނެކަމަށް ވައުދުވި މުއިއްޒު ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ, މިއީ ދިވެހި ތާރީޚުގައިވެސް ނުފޫޒެއް ނެތި, އިންސާފުވެރިކަމާއެކު ފްލެޓް ހަވާލުކުރެވުނު ފުރަތަމަ ފަހަރު ކަމުގައެވެ.

އެހެންނަމަވެސް, މިއީ ރާއްޖޭގެ ތާރީޚުގައިވެސް އިންސާފުވެރިކަމާއެކު ނެރުނު ފުރަތަމަ ފްލެޓް ލިސްޓުކަމަށް މުއިއްޒު ވިދާޅުވިއިރު, ރައީސް ޔާމިންގެ ވެރިކަމުގައި އޭރު ހިޔާ ފްލެޓްތައް ދިންއިރު, ފްލެޓް ހަވާލުކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައިވަނީ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައެވެ. އޭރުގެ ހުރިހާ ފްލެޓެއްވެސް ދީފައިވަނީ ސީދާ މުއިއްޒުގެ ބެލުމުގެ ދަށުންނެވެ.

އެހެންކަމުން, މިއީ ދިވެހި ތާރީޚުގައިވެސް ނުފޫޒެއް ނެތި ފްލެޓް ދިން ފުރަތަމަ ފަހަރުކަމަށް މުއިއްޒު ވިދާޅުވާނަމަ, މުއިއްޒު އަމިއްލަފުޅަށް އިއުތިރާފް ވެވަޑައިގެންނެވީ ރައީސް ޔާމިންގެ ވެރިކަމުގައި ފްލެޓް ދީފައިވަނީ ސިޔާސީ ނުޒޫން ބޭއިންސާފުންކަމަށް ކަމުގައެވެ.

އޭރުވެސް ގިނަބަޔަކު ބުނަމުން އައިސްފައިވަނީ މުއިއްޒުގެ މިނިސްޓަރުކަމުގައި ފްލެޓް ދީފައިވަނީ ބޭއިންސާފުން ކަމުގައެވެ. އަދި ސިޔާސީ ނުފޫޒު ފޯރުވާ, އޭރުވެސް އެތައް ބަޔަކު އެ އަސާސީ ހައްގުން މަހުރޫމް ކުރެވިފައިވާކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވެއެވެ.

ރައީސް ސާލިހުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ ހަތަރުހާސް ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ ފްލެޓު ލިބުނުކަމަށް މި ސަރުކާރުން ކަނޑައަޅާފައިވަނީ އެންމެ 1820 މީހުންނަށެވެ.

މިސަރުކާރުން އިއުލާން ކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި, ރައީސް ސާލިހުގެ ސަރުކާރުން އެކުލަވާލާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 4000 މީހުންގެ ތެރެއިން 2180 މީހުންގެ ހައްގުތައް މިސަރުކާރުން ވަނީ ނިގުޅައިގެންފައެވެ. މި ސަރުކާރުން ކަނޑައަޅާފައިވަނީ އެ ފަރާތްތަކަކީ ފްލެޓް ހައްގު ނުވާ ފަރާތްތައް ކަމުގައެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ކުރެއްވި ކެމްޕޭންގައި, ފްލެޓެއް ވިޔަސް އަދި ގޮވައްޗެއް ކަމުގައިވި ނަމަވެސް, އެފަރާތަކަށް ލިބިފައިވާ އެއްވެސް ގޮވައްޗެއް އަދި ފްލެޓެއްވެސް އަތުނުލާނެކަމަށް ވައުދު ވުމަށްފަހު, އެފަރާތްތަކުގެ ހައްގުތައް ދޮޅު އަހަރުވަންދެން ހިފަހައްޓާ, އަދި ލިސް އާންމު ކުރިއިރު މުއިއްޒު މިވަނީ އޭގެ ތެރެއިން ގިނަ ބައެއްގެ އަސާސީ ހައްގުތައް ނިގުޅައިގެންފައެވެ.

މުއިއްޒު ގެންދަވަނީ, ރިޔާސީ އިންތިޚާބުގައި ވީ ރިޔާސީ ވައުދުތަކަށް ޚިޔާނާތްތެރިވެ, ރައްޔިތުންނަށް ހީލަތާއި ދޮގާއި މަކަރު ހައްދަވަމުންނެވެ.