ޚަބަރު

ހަމާސްއަށް ތަޢުރީފްކޮށް ވަޓްސްއަޕް ސްޓޭޓަސް އެއް ޖެހުމުން ޒުވާން އަންހެނަކު ޖަލަށް ލައިފި!

ދިޔަވަރު
ހަމާސްއަށް ތަޢުރީފްކޮށް ވަޓްސްއަޕް ސްޓޭޓަސް އެއް ޖެހުމުން ޒުވާން އަންހެނަކު ޖަލަށް ލައިފި!

ހަމާސްއަށް ތަޢުރީފްކޮށް ވަޓްސްއަޕް ސްޓޭޓަސް އެއް ޖެހުމުން އުމުރުން 30 އަހަރަކު އަންހެނަކު އިޒްރޭލުން ޖަލަށް ލައިފި! ހުޅަނގު އައްސޭރި ނަހަފްގައި ދިރިއުޅޭ މުސްލިމް ފަލަސްތީނުގެ ރައްޔިތެއް ކުރި ސްޓޭޓަސް އަކާއި ގުޅިގެން އޭނާ ޖަލަށްލާން ހުކުން ކޮށްފައިވަނީ ޓެރަރިޒަމަށް ހިއްވަރުދިން ކަމަށް ބުނެއެވެ.

މިއަދު ހެނދުނު އަހަރެން ފަޚުރުވެރިވަނީ އަދި ހަނދާން ނައްތާނުލެވުނީތީ، 7.10.23، މާތް الله އެމީހުންނަށް ކާމިޔާބު ދެއްވައި އެމީހުން ބަހައްޓަވާންދޭވެ!

އޭނާގެ ވަޓްސްއެޕް ސްޓޭޓަސް ގައި ލިޔުނެވެ.

ފުލުހުންގެ ތަހުގީގަކަށް ފަހު ދައުވާއުފުލައި، އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށް އެ ޝާއިއުކުރި ކޮންޓެންޓާއި ހާލަތަށް ރިއާޔަތްކޮށް ހަމަނުޖެހުން ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ހަގީގީ ފުރުސަތު އޮތްކަމަށް ބަލައި ވަނީ ޖަލަށްލުމަށް ހުކުންކޮށްފައެވެ. ހުކުން ކޮށްފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް މައުލޫމާތު ލިބެއެވެ.