ދޮގު ހަދާ މީހުންނާއި ދުރުވުމަށް ޚިތާބު ދިނުމަށް ފަހު ރޯދައިގެ ފުރަތަމަ ރޭ މުއިއްޒު ހޭދަ ކުރީ، މުތުލަގަށް ދޮގު ހަދައި ދޮގު ފެތުރުމުގައިއެވެ.
ރޯދައިގެ ފުރަތަމަ ރެއާއި އެކު، ރާއްޖޭގައި ވިއްސާރަވެ މާލެ ފެންބޮޑުވިއެވެ. ސިޓީ ކައުންސިލުން ގަނެގެން ގެނެސްފައިވާ ފެން ޕަންޕްތައް ޖައްސައި ފެންގަނޑު ހިންގާލުމުން، ރިލްވާން ކޯރު ކެނޑުމުން އޭގެ ކްރެޑިޓް މުއިއްޒު ބޭނުންވެގެން ދޮގު މައްޗަށް ދޮގު ހެދި ގޮތަށް، މި ފަހަރުގެ ވިއްސާރާގައިވެސް، ރައީސް މުއިއްޒު އިސްވެ ހުންނަވައިގެން އެންގީ އެއީ ސަރުކާރުން ކުރި ކަމެއް ކަމަށް ބުނެ ދޮގު ފެތުރުމަށެވެ.
ރައީސް މުއިއްޒު އަންގައިގެން، ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ އެ ޕަންޕް ގަތީ މުއިއްޒު ބުނެގެން ކަމަށް ބުނެވެސް ދޮގު ހަދާފައެވެ.
މާތްﷲ ގެ އިރާދަފުޅާއި އެކު، އެރޭވެސް ވެގެން ދިޔައީ، ދޮގަކަށްފަހު ދޮގެއް ފަޟީހަތް ކޮށް މުއިއްޒު ނިކަމެތި ވެގެން ދިޔަ ރެއަކަށެވެ.
އެންމެ ފަހުން ސޯޝަލް މީޑިޔާއަށް އާންމު ވެގެން ދިޔައީ، ސިޓީ ކައުންސިލުން އެ ޕަންޕުތައް ގަތުމަށް ހެދި ޕީއޯ ތަކެވެ. އިންސާނުން ކަމެއްގައި ދޮގު ހަދާފާނެއެވެ. ރައީސް މުއިއްޒު ވެގެން ދާނީ މުޅި ދުނިޔޭގައި ވެސް ދޮގު ހެދުމުގައި އެފަދަ ދެވަނައެއް ނެތްފަދަ ނުބައި މީހަކަށެވެ.