ޚަބަރު

ޙައްގު ވިޔަސް، ފްލެޓު ނުދޭނެ ކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފި

ދިޔަވަރު
ޙައްގު ވިޔަސް، ފްލެޓު ނުދޭނެ ކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފި

މުއިއްޒުގެ ސަރުކާރުން އިއުލާނު ކުރި ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅިދާނެ ކަމަށާއި އެހެން ނަމަވެސް އިތުރު ޑޮކިއުމެޓެއް ހުށަނޭޅޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ. މީގެ މާނައަކީ ފްލެޓަށް ޝަރުތު ފުރިހަމަ ވިއަސް، އަދި ފްލެޓް ހައްގު ވިއަސް ފްލެޓް ނުދޭނަމޭއެވެ.

މި ގޮތަށް ވާހަކަ ދައްކާފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ހުކުރު ދުވަހުގެ ރޭ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ވިދާޅުވީ، ދެންވެސް މިނިސްޓްރީން ބަލާނީ ކުރިންވެސް ބެލި 'އަސާސް' ގެ މަތިން ކުރިން ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ މައްޗަށް ކަމަށެވެ. މާލޭގައި ދިރިއުޅުނު ކަން އަންގައި ކައުންސިލްތަކުން ދޫކޮށްފައިވާ ލިޔުން ސައްޙަ ނޫން ލިޔުމެއް ކަމަށް ބަލާނަމަ، އޭގެ ބަދަލުގައި އެމީހަކު މާލޭގައި ދިރިއުޅުނު ކަން ސާބިތު ކޮށްދެވޭނެ އެހެން އެފަދަ ލިޔުމެއް ހުށައެޅުމުގެ ފުރުޞަތު އެމީހަކަށް ދޭން ޖެހޭނެއެވެ. އެ ފުރުޞަތު ނުދޭން ސަރުކާރުން ނިންމާފައިވަނީ، ފްލެޓް ލިސްޓުން އުނިކޮށްފައިވާ ފަރާތްތަކަކީ ފްލެޓަށް ޝަރުތު ހަމަވާ، ހައްޤުވެރި ފަރާތްކަން ޔަގީން ކުރެވޭތީ، އެމީހުންނަށް ގަސްތުގައި ފްލެޓް ނުދިނުމުގެ ބޭނުމުގައެވެ. މި ގޮތަށް މިކަން ކުރަނީ މެޑަމް ސާޖިދާގެ ލިސްޓަށް ފްލެޓް ދިނުމަށް 3000 އެތައް ބަޔަކު ކަޓުވާލަން މުއިއްޒު އަންގައިގެންނެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވީ، މިނިސްޓްރީން ބަލާނީ، ފްލެޓް ލިސްޓުން އުނި ކުރި ފަރާތްތައް އެ ހުށަހަޅާ ޝަކުވާ އަކީ ސައްހަ ޝަކުވާ އެއްތޯ ކަމަށެވެ. ސައްހަ ޝަކުވާ އެއްތޯ ބަލަން އަނެއްކާވެސް ހިންގާނީ "ވެރިފިކޭޝަން ޕްރޮސެސް" އެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުގައި މިފަދައިން "ވޭރިފިކޭޝަން ޕްރޮސެސް" އެއް ހިންގާނެ ގޮތެއް ނުވެސް ނެތެވެ. ވޭރިފިކޭޝަން ޕްރޮސެސްއެއް ދިވެހިން ބުނާނަމަ، ޝަކުވާ ސައްހަތޯ ބަލާ މަރުހަލާގައި، ޝަކުވާގައި އެވާ މައުލޫމާތަކީ ސައްޙަ މައުލޫމާތެއްތޯ ބެލޭނީ ލިޔެކިޔުންތަކެއްގެ ސަރުކާރަށް ޝަކުވާ ހުށައަޅާ ފަރާތުން ފޯރުވައިގެން އެއީ ޞައްޙަ އެއްޗެއްތޯ ޔަގީން ކޮށްގެންނެވެ.

ލަދެއް ހަޔާތެއް ނެތިގެން ދައުލަތުގެ ޓީވީ އަށް އަރައި، އަމިއްލަ އަށް އޮރިޔާން ވެވޭ އިރުވެސް، މީހާ އަށް ނޭނގެއެވެ. ސީދާ ބަހުން މި ބުނެވެނީ ބައެއްގެ ޙައްޤުތަކަކަށް އަރައިގަންނަމުންދާ ވާހަކައެވެ. ޝަކުވާ ހުށައެޅުން އޮތީ ނަމެއްގައެވެ. މި ބުނެވެނީ އެއްވެސް ޝަކުވާއެއް ނުބަލާނެ ވާހަކަ ނޫން ކޮން ވާހަކައެއް ތޯއެވެ. މި ބުނަނީ، ޙައްޤުވެރިންނަށް ފްލެޓް ނުދޭނަމޭ ނޫންތޯއެވެ.

ޝަކުވާ ހުށައެޅުމަށް ފުރުޞަތު ދެނީ، އަނެއްކާވެސް ރައްޔިތުން ވާ ވައްދައި މަކަރެއްގައި ޖެއްސުމަށެވެ. ރައީސް މުއިއްޒުގެ ސިފައަކީ އެއީއެވެ. އެއީ ބަހުލޫލުންގެ ސިފައެވެ.

ޓީވީއަށް އަރައި، ސީދާކޮށް ދިމާލަށް ޙައްޤުވެރިންނަށް ފްލެޓް ނުދޭނެކަމަށް ބުނެވޭނީ މިހާކަށްވަރަކަށެވެ. ނަމަވެސް، ފްލެޓް ލިސްޓުން އުނި ކުރި މީހުން ކުރެ ގިނަ މީހުން ބަލަނީ މަޖިލީސް މެމްބަރުންނާއި، އެކި ނުފޫޒުގަދަ ފަރާތްތަކަށް ގުޅައިގެން ގޮތެއް ވޭތޯއެވެ. އެބައެއްގެ ފްލެޓް މުއިއްޒު ފޭރިގަތް 3000 މީހުން ދިމްޔާތަށް ވަދެ އިޝީދެ ތިބެންވީއެވެ. ދިމްޔާތު ފުރުމުން އެތާ މަގުމަތީވެސް ތިބެންވީއެވެ. ބަނޑުހާ ހޫނު ކަމުގެ ހަޅުތާލެއްގައި ތިބެންވީއެވެ.