ޚަބަރު

ސީޓީ ކައުންސިލުން ގެނައި ފެން ޕަންޕުން ފެން ހިންދައިގެން މުއިއްޒަށް އޭގެ ކްރެޑިޓް ނުލިބުނު މައްސަލާގައި، ރުޅިގަދަވެގެން ޕަމްޕްތައް އަތުލައިފި

ދިޔަވަރު
ސީޓީ ކައުންސިލުން ގެނައި ފެން ޕަންޕުން ފެން ހިންދައިގެން މުއިއްޒަށް އޭގެ ކްރެޑިޓް ނުލިބުނު މައްސަލާގައި، ރުޅިގަދަވެގެން ޕަމްޕްތައް އަތުލައިފި

ސީޓީކައުންސިލުން ގެނައި ފެން ޕަންޕުން ފެން ހިންދައިގެން މުއިއްޒަށް އޭގެ ކްރެޑިޓް ނުލިބުނު މައްސަލާގައި، ރުޅިގަދަވެގެން ޕަމްޕްތައް ސިޓީ ކައުންސިލުން ގަދަކަމުން އަތުލައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް މުއިއްޒު ގެންގޮސްފިއެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕަންޕްތައް މުއިއްޒު ބޭނުންވެގެން އެކަން ވަނީ ސިޓީ ކައުންސިލަށް އެކި ގޮތް ގޮތުން ޕްރެޝަރު ކޮށްފައި ކަމަށް ކައުންސިލުން މައުލޫމާތު ދިން ފަރާތުން ހާމަ ކުރެއެވެ.

ސިޓީ ކައުންސިލަށް ކޮށްފާނެ ދަތިތަކަކަށް ވިސްނުމަށްފަހު، ކައުންސިލުން މަސްލަހަތަށްޓަކައި، ލިޔެކިޔުމުން އެކަން ފެންނަން ހުންނާނެހެން ސިޓީއަކާއި އެކު މިހާރު ވަނީ އެމްއެންޑީއެފް އަށް ޕަންޕުތައް ހަވާލު ކޮށްފައި ކަމަށް އެ ކައުންސިލުން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.

އަޅުގަނޑުމެންވެސް ބޭނުންވޭ ވިއްސާރަވެގެން ރައްޔިތުންނަށް ދިމާވާ ދަތިތަކުން ރައްޔިތުން ސަލާމަތް ކުރުމުގައި އިސް ދައުރެއް އަދާކުރަން. މުއިއްޒަކަށް އެކަމެއް ނުވި. އެތައް އަހަރަކު ހޯމް މިނިސްޓަރު ކަމުގަ ހުރެއްޖެ. ރައީސް ކަމުގަ މިހާރު އެހެރީ، އަދިވެސް ދާޢިމީ ހައްލެއް ހޯދަން ނޫޅޭ!

އޭނާ ކިޔާދިނެވެ.

މާލޭ ސިޓީ މޭޔަރުވެސް ގެންދަވަނީ 2026 އަށް އަދި 2028 އަށް ކެމްޕެއިން ކުރައްވަމުންނެވެ. އެހެންކަމުން މިފަދަ މުހިންމު ވަސީލަތެއް ދޫކޮށްލުމަކީ އެއްވެސް ގޮތަކަށް ޚުދު މޭޔަރުވެސް ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.