ޚަބަރު

އޭސީސީގައި ކަސްތޮޅު އެޅިފައި! މުއިއްޒުގެ 13 މައްސަލައެއް ހުއްޓިފައި!

ދިޔަވަރު
އޭސީސީގައި ކަސްތޮޅު އެޅިފައި! މުއިއްޒުގެ 13 މައްސަލައެއް ހުއްޓިފައި!

މުއިއްޒު މޭޔަރު ކަމާއި ހަވާލުވުމަށްފަހު، އޭނާއަށް ތުހުމަތު ކުރެވޭ ތަފާތު 30 އެތައް މައްސަލައެއް އޭސީސީއަށް އެކިފަރާތްތަކުން ފޮނުވާފައި ވާކަމުގެ މައުލޫމާތު ދިޔަވަރަށް ލިބިއްޖެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތައް މުއިއްޒާއާއި އެއްކޮޅަށް ނިންމާފައި ހުރި ކަމަށާއި، މިހާރުވެސް 13 މައްސަލަ އެއް ޕެންޑިންގ ގައި އޮތްކަމަށް އޭސީސީތެރެއިން ދިޔަވަރަށް މައުލޫމާތު ދެއްވި ފަރާތުން ކިޔައި ދިނެވެ.

އޭސީސީގައި މުއިއްޒަށް އެއްވެސް މައްސަލައެއް ސާބިތު ނުވެގެން އުޅެނީ، އޭނާގެ ފަރާތުން ކޮރަޕްޝަނުގެ ކުށުގައި ބައިވެރިވެފައި ވާކަމުގެ ހެކި ނެތްކަމަށް ބުނެއެވެ. އޭސީސީއިން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭ މުއިއްޒުގެ މައްސަލަތައް ބަލަމުން ދިޔަކަމުގައި ވީ ނަމަވެސް، އޭސީސީގެ ކޮރަޕްޓް ނިޒާމުގެ ތެރެއިން މި މައްސަލަތަކަށް އެކަށޭނެ ހެކި ނުހޯދިގެން މައްސަލަ ނިންމާލާފައެވެ.

މިގޮތަށް ނިންމާފައި ހުރި ބައެއް މައްސަލަތަކުގެ ތަފްސީލް އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ.

މީގެ ތެރޭގައި ކޮރަޕްޝަން ނަގައިގެން ދީފައިވާ 211 ޕާކިންގ ސްލޮޓްގެ މައްސަލަވެސް ހިމެނެއެވެ. ބައެއް މައްސަލަތަކަށް މުއިއްޒާއި ސުވާލު ކުރުމަށް މީގެ ކުރިން ހާޒިރު ކުރި ނަމަވެސް، ވަކި ހިސާބަކުން އެކަން އޭސީސީއިން ހުއްޓާލި ކަމަށްވެސް އެފަރާތުން މައުލޫމާތު ދިނެވެ. މި ގޮތުން އެންމެ ފަހުން މުއިއްޒު އޭސީސީއަށް ހާޒިރުކޮށްފައި ވަނީ 9 ޑިސެމްބަރު 2021 ގައެވެ.

ކުރިން ބައެއް މައްސަލަތައް އޭސީސީއިން ނިންމައި ޕީޖީއަށް ވެސް ފޮނުވި! ނަމަވެސް އޭސީސީގެ ތަހުގީގުގައި ފޫނުބެދޭ ކަންތައްތައް ހުރުމުން ޕީޖީއިން ވަނީ މައްސަލަތައް އަނބުރާ އޭސީސީއަށް ފޮނުވާފައި!

އޭނާ އިތުރަށް މައުލޫމާތުދެމުން ކިޔައިދިނެވެ.

މިއިން އެއްވެސް މައްސަލައެއްގެ މަޢުލޫމާތެއް، މީޑިޔާއާއި ހަމައަށް ތިލަކޮށްފައި އޭސީސީއިން ނުވަނީ ކޮންކަމަކާއި ގުޅިގެންތޯ ސުވާލު ކުރުމުން، ނޫސްވެރިން ވަކި މައްސަލައަކަށް އިޝާރާތްކޮށް ސުވާލު ނުކުރާނަމަ އެ މައްސަލައެއްގެ މައުލޫމާތު އަމިއްލަ އަށް އިސްނަގައިގެން ދިނުމުގެ ދައުރެއް އޭސީސީއިން އާންމުކޮށް ނުގެންގުޅޭކަމަށް މައުލޫމާތު ދެއްްވިއެވެ. އެހެން އެކަން ކުރަނީ ކޮންމެ ތުހުމަތަކީ އަދި ކުށެއް ކަމުގައި ނުވާތީއާއި، އޭގެ ސަބަބުން އެތައް ބައިވަރު ގެއްލުންތަކެއް ކުރިމަތި ވެދާނެ ކަމަށްޓަކައި ކަމަށް އޭސީސީއިން މައުލޫމާތު ދިން ފަރާތުން ހާމަ ކުރައެވެ.

އޭސީސީއިން މުއިއްޒުގެ މައްސަލަތައް ކުރިއަށް ނުދިއުމުގެ އިތުރަށް، މުއިއްޒު އަންގައިގެން ޓްރާންސިޝަން ގައި، ސަރުކާރަށް ކުރާ ތުހުމަތުތަކުގައި، އޭސީސީއިން ކުޅޭ ދައުރު ވަނީ ބޮޑު ކޮށްފައެވެ. މިހާތަނަށް އޭސީސީ ފެނިގެން ދަނީ، އެމީހުންގެ މަޤާމުގެ ދިފާޢުގައި މުއިއްޒު ރުއްސަން މަސައްކަތް ފަށައިގެން އުޅޭ މަންޒަރެވެ.

މުއިއްޒަށް ވެރިކަން ނުލިބެނީސް، މުއިއްޒުގެ ނުފޫޒު އެވަރަށް އޮތް މުއައްސަސާއަކުން، މުއިއްޒު ވެރިކަމުގައި ހުރެގެން ހިންގާ އެއްވެސް ޖަރީމާއެއް ބެލޭނެކަމުގެ އުންމީދެއް ނެތް ކަމަށް ގިނަބަޔަކު ދަނީ ގަބޫލުކުރެއެވެ.