ރޯދަ މަހަކީ ސްޓެލްކޯއިން ރޭޓް ނުނަގައި ހިތުހުރި އަދަދެއް ބިލް ކުރާ މަހެކެވެ. ރީޑިންގ ނަގަން ދިޔުމުގެ ބަދަލުގައި އަންދާޒާ އަދަދެއް ޖަހައި ބިލް ހެދުމަކީ މިދިޔަ އަހަރު ރޯދަ މަހުވެސް ސްޓެލްކޯއިން ކަން ކުރި ގޮތެވެ.
މާޗް މަހު 2 ބިލް ކޮންމެ ގެއަކަށް ފޮނުވަން ނިންމާފައިވަނީ ރައީސް އޮފީހާއި މަޝްވަރާކޮށްފައެވެ. މި ގޮތުން ސްޓެލްކޯއިން ދެ ބިލް މި މަހު ފޮނުވަން ނިންމާފައިވަނީ ރައްޔިތުން އަތުން ސަރުކާރަށް ގިނަ އަދަދެއްގެ ފައިސާ އޮޅުވާލައިގެން ނެގުމަށެވެ.
އާންމުކޮށް ކޮންމެ މަހެއްގެ ފަހު ދިހައެއްގައި ބިލް ކުރާ ގެތަކަށް، ފެބްރުއަރީ މަހު ފަހު ދިހަ އެއްގައި ސްޓެލްކޯއިން ބިލް ފޮނުވާފައި ވާނެއެވެ. މި ބިލަށް ފަހު ދެން ބިލް ފޮނުވަން ޖެހޭނީ މާޗް މަހު ފަހު ދިހަ އަކަށް އަޅާލީމައެވެ. ނަމަވެސް، އެއާއި ޚިލާފަށް މި މަހު ފުރަތަމަ ހަފްތާގައި ސްޓެލްކޯއިން، ފުލް މަހެއްގެ ބިލަށް އަރާވަރު ނުވަތަ އެއާއި ކައިރި ކުރާ އަދަދެއްގެ ބޮޑު ބިލެއް ކޮންމެ ގެއަކަށް ފޮނުވަން ވަނީ ރާވާފައެވެ. އެ ބިލަށް ފަހު ދެން ސްޓެލްކޯއިން ބިލް ކުރުމަށް ހަމަޖެހިފައިވަނީ މާޗް މަހު ފަހު ދިހައެއްގައެވެ. އަނެއްކާވެސް ހަމަ ފުލް މަހެއްގެ ބިލަށް އަރާވަރަށް ބިލް ކޮށް ފޮނުވުމަށް ވަނީ ރާވާފައެވެ. މިކަމުގެ ސަބަބުން މާޗް މަހު 2 ބިލް ދައްކަން ކޮންމެ ގޭބިސީއަކަށް މަޖުބޫރު ވާނެއެވެ.
މުއިއްޒު އެބުނާ ޑިސްކައުންޓަކީ ފޭކް އެއްޗެކެވެ. ޑިސްކައުންޓް ދޭ ކަމަށް ދައްކަނީ މާރޗް މަހު ފަހު ދިހާގައި އަންނަ ބިލުންނެވެ. ނަމަވެސް އެއަށްވުރެ ބޮޑު މާބޮޑު އަދަދެއް ފުރަތަމަ ހަފްތާގައި ބިލްކޮށް ރައްޔިތުން އަތުންނެގުމަށް ސްޓެލްކޯއިން ވަނީ ރައީސް އޮފީހާއި ގުޅިގެން ރާވާފައެވެ.
ޑިސްކައުންޓުގެ ނަމުގައި ހިންގާ ސްކޭމަކީ، ދެވަނަ ބިލެއް ފޮނުވައި ރައްޔިތުން ފޭރޭއިރު، ތިމަންނަ މެން ޑިސްކައުންޓްވެސް އެބަ ދެމޭ ބުނެ، މަކަރާއި ހީލަތުން ރައްޔިތުން ހެއްދުމަށް ހިންގާ ސްކޭމެކެވެ.
މާރޗް މަހުގައި ކޮންމެ ގޭބިސީއަކަށް ލިބެން ޖެހޭނީ އެއްބިލެވެ. މުއިއްޒު ވައްކަން ކޮށް މުޅި ދައުލަތް ދަވާލައިގެން، ސިޔާސީ ފަރާތްތަކަށް މުސާރަ ދެއްކުމަށް ކަރަންޓް ބިލުގައި ޖަހައިގެން ރައްޔިތުން ހަނާކޮށްލާކަށް ނުޖެހެއެވެ.