ޚަބަރު

ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރުން މަނާކުރީ، އެމީހުންނަށް އިތުބާރު ނުކުރެވޭތީއާއި މުއިއްޒުގެ ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފަޅާ އަރުވަފާނެކަމަށް ބިރަށް: ވަޒީރެއް

ދިޔަވަރު
ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރުން މަނާކުރީ، އެމީހުންނަށް އިތުބާރު ނުކުރެވޭތީއާއި މުއިއްޒުގެ ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފަޅާ އަރުވަފާނެކަމަށް ބިރަށް: ވަޒީރެއް

ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރުން މަނާކުރީ، އެމީހުންނަށް އިތުބާރު ނުކުރާތީ އަދި މުއިއްޒުގެ ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފަޅާ އަރުވަފާނެކަމަށް ބިރަށް ކަމަށް ކެބިނެޓުގައި އިންނަވާ ވަޒީރެއް ދިޔަވަރު ނޫހަށް މެސެޖްކޮށް މައުލޫމާތު ދެއްވައިފިއެވެ.

ނަން ނުޖެހުމަށް އެދި އޭނާ ހާމަ ކުރެއްވި ގޮތުގައި، މުއިއްޒަށް ފާޑު ނުކިޔާ، އަދި މުއިއްޒުގެ ނާގާބިލު ކަމުގެ ވާހަކަ ނުދައްކާ އަދި، މުއިއްޒުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅަމުންދާ މިންވަރާއި މެދު ކަންބޮޑު ނުވާ ހަމަ އެންމެ ވަޒީރެއްވެސް ނެތް ކަމަށެވެ.

ކުންފުނިތަކުގެ ވެރިންނަށް ބަލާއިރު، މުއިއްޒު އެމީހުން މެދުވެރިކޮށް ކޮށްފައިވާ ވައްކަންތަކުން ބައެއް ވެރިން ސަލާމަތް ނުވެވިގެން އުޅޭ އިރު، މިހާރުވެސް މަހުން މަހަށް އެތައް މިލިއަނެއް މުއިއްޒަށް ގެންގޮސްދޭން ޖެހޭ ކަމަށެވެ.

މިކަމާއި ކަންބޮޑުވާ އެމްޑީއިން އެބަ ތިބި! ކޮންމެ ބިލަކުން %20 ނުވަތަ %30 މުއިއްޒަށް ނަގަން ޖެހުމުން އެ ދިޔައީ ޕްރައިވެޓް ސެކްޓަރގެ ޕްރޮފިޓް. ކުންފުނިތައް ހާލުގައި ޖެހުމުން ދެން ޖަންގިޔާ ނާޒިމް ލައްވާ ގުޅުވައިގެން ކުންފުނީގެ ޝެއަރ ދިނުމަށް މަޖުބޫރު ކުރުވަނީ!

މުއިއްޒު އަކީ މާފިޔާ ބޮޑު ވަގެއް ކަމަށް ސިފަ ކުރަމުން ވަޒީރު ކިޔާދީފައިވެއެވެ.

މުއިއްޒުގެ ފަރާތުން މުއިއްޒުގެ ހުއްދަ ނެތި، ވަޒީރުން މަޖިލީހަށް ނުގެންދެވޭނެ ކަމަށް އެންގުން އެންގެވީ މިދިޔަ ހަފުތާގައި އޮތް ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު އެވެ.

ފަލާހަކީ ތައުލީމެއް އިލްމެއް ހިލްމެއް ނެތް، ވައްކަން ކުރުމުގެ އިތުރުން ވެރިންގެ ބޫޓުގައި ދޫލައިގެން ކުރިއަށް ދާ ރާއްޖެ ދުށް އެންމެ ނުބައި މީހުންގެ ތެރެއިން ހިމެނޭ އެކަކެވެ. މުއިއްޒު ކައިރީގައި މުއިއްޒަށް މަދަދު ވުމަށް ތިބީ މިފަދަ އަނިޔާވެރި ބޮޑެތި ވަގުންނެވެ.