މުއިއްޒު އަންގައިގެން ވެމްކޯއިން، ތަކެތި ކުށްޔަށް ނެގުމަށް 65 މިލިއަން ޚަރަދު ކޮށްފައިވަނީ ބޯޑުގެ ރުހުމެއް ނެތި މުއިއްޒު ބުނި ބުނުމަކަށް ކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. ކުޑަ މިނުން މިހާތަނަށް ވެމްކޯއިން ބޯޑު މީޓިންގ އެއް ބާއްވާފައި ނުވާކަންވެސް ދިޔަވަރު ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން ސާބިތުވެއެވެ.
ގެއްލުމުގައި ހިންގާ ވެމްކޯއިން މިހާ ގިނަ ފައިސާ ތަކެއް މުއިއްޒު ރިޝްވަތުގެ ގޮތުގައި ނެގުމަށް، ތަކެތި ކުށްޔަން ދީގެން ކަމަށް ބުނެ އެކި ފަރާތްތަކަށް ދޫކޮށްފައި މި ވަނީ ކުންފުނީގެ އުސޫލްތަކާއި އަދި މާލިއްޔަތު ޤަވާއިދާއި ޚިލާފަށެވެ.
މަޖިލީހަށް މުއިއްޒުގެ ހުއްދަ ނެތި، ކުންފުނިތަކުގެ ވެރިންނާއި، ވަޒީރުން ނުގެންދިޔުމަށް މުއިއްޒު އަންގާފައިވަނީ މިފަދަ ސުވާލުތައް ކުރުމުން އެއިން ލިބޭ ޖަވާބަކުން މުއިއްޒު ޖަލުގެ ކުޑަ ގޮޅީގައި އޮންނަން ޖެހިދާނެފަދަ ހާލަތެއް ކުރިމަތި ވެދާނެ ކަމަށް ޔަގީން ކުރެވިގެންނެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ވަކި ކޮށްފައިވަނީ ވެމްކޯގެ މައްސަލާގައި އެތާގެ ވެރިން މަޖިލީހަށް ގެނައުމަށް ތައްޔާރުވުމުން ކަމަށް އަޒާން ވަނީ ހާމަ ކޮށްފައެވެ.
ވެމްކޯގެ ބޯޑުގައި ތިބެނީ، ޑިރެކްޓަރ އަހްމަދު އަސްލަމް އާއި، ފާތިމަތު ރަށާއާއި، އެމްޑީ މުޖުތަބާ ޖަލީލު އެވެ.