ޚަބަރު

ޗައިނާއިން ރާއްޖޭގެ ކަނޑުގައި އެއްޗެހި ހަރުކޮށްގެން، އެއްކުރާ ޖާސޫސީ މައުލޫމާތު ރާއްޖެއަށް ވެސް ވަނީ ސިއްރުކޮށްފައި

ދިޔަވަރު
ޗައިނާއިން ރާއްޖޭގެ ކަނޑުގައި އެއްޗެހި ހަރުކޮށްގެން، އެއްކުރާ ޖާސޫސީ މައުލޫމާތު ރާއްޖެއަށް ވެސް ވަނީ ސިއްރުކޮށްފައި

ޗައިނާއިން ރާއްޖޭގެ ކަނޑުގައި އެއްޗެހި ހަރުކޮށްގެން، އެއްކުރާ ޖާސޫސީ މައުލޫމާތު ރާއްޖެއަށް ވެސް ވަނީ ސިއްރުކޮށްފައިކަން ދިޔަވަރު ނޫހަށް ހާމަ ވެއްޖެއެވެ.

ދަ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީއާއެކު ހެދި އެއްބަސްވުމުގެ ދަށުން ޖާސޫސު ކުރުމަށް ޑިވައިސްތައް ހަރު ކުރަނީ ކަނޑު އަޑީގައި އަދި ކަނޑުގެ މަތީ ފަށަލައިގަ އެވެ.

މި ޑިވައިސް ތަކުން ރާއްޖޭގެ ކަނޑު މެޕް ކުރުމުގެ އިތުރުން، މުޅި ކަނޑުގައި ހިނގާ ހުރިހާ ހަރަކާތްތައް ދެނެގަނެވޭނެއެވެ. މި ގޮތުން ރައްޖޭގެ ކަނޑުގައި އުޅޭ މަސްތައް އެކި މޫސުން ތަކުގައި ދައުރު ކުރާ ގޮތުން ފެށިގެން އިޤްތިޞާދީ އެތައް މައުލޫމާތެއް ޗައިނާއިން ޖާސޫސު ކޮށް ނަގަމުން ދާއިރު، ޚަރުކުރާ ޑިވައިސް ތަކުން ކަނޑުގައި ދަތުރު ކުރާ އިންޑިޔާގެ މަނަވަރު ތަކާއި، ސަބްމެރިންތަކާއި، ބޭއޮފް ބެނަގަލޫގައި އިންޑިޔާއިން ޓެސްޓް ކުރާ ހަތިޔާރު ތަކުގެ ބާރު ދެނެގަތުން ހިމެނެއެވެ.

އެއްބަސްވުމުގައި ވާ ގޮތުން، ޗައިނާއިން އެއްކުރާ މައުލޫމާތު ރާއްޖެއަށް ލިބޭނީ ފަހުން އެކަމަށް އެފަދަ އެއްބަސްވުމެއް ހެދިއްޖެ ނަމައެވެ. އެހެންކަމުން މި މައުލޫމާތު ރާއްޖެއަށް ނުލިބޭތާގައި، ޗައިނާއިން ހަރުކުރާ ޑިވިއިސްތަކުން އެއްކުރާ މައުލޫމާތު ދެނެގަނެވޭފަދަ ޓެކްނޮލޮޖީއެއްވެސް ރާއްޖޭގައި ނެތެވެ.

ޗައިނާއިން ކަނޑު އަޑީގައި ބޮން ހަރުކޮށް، ރާއްޖެއާއި ކައިރިން އަޅާފައިވާ ކޮމިއުނިކޭޝަން ކޭބަލްތައް ގޮއްވާލުން ފަދަ ކަމެއް ކުރުމަށް ރޭވިއަސް ދިވެހި ސަރުކާރަކަށް އެކަން ހިލާ އެނގޭނެ ގޮތެއް ނެތެވެ. މުއިއްޒުގެ އަމަލުތަކުގެ ތަކުގެ ސަބަބުން މުޅި ސައުތު އޭޝިޔާ ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ. މާދުރުގައި އޮތް ޗައިނާގެ ބާރު ޗައިނާއާއި ގުޅުމެއް ނެތްތަނެއްގައި ގަދަ ކުރުމަށް މުއިއްޒު ޖާގަ ދީފައިވަނީ 100 މިލިއަނެއްވުރެ ގިނަ ޑޮލަރު ޗައިނާއިން ހޯދައިގެން ކަމަށް މީގެ ކުރިން ރައީސް އޮފީހުގައި އުޅޭ މުއިއްޒުގެ ތިމާގެ ފަރާތަކުން ވަނީ ޗައިނާ ދިފާއު ކޮށް، ޗައިނާއިން މުއިއްޒުގެ ވެރިކަން ދަމަހައްޓާނެ ކަމަށް ބުނެ ކޮފީގައި އޭނާއާއި އެކު ތިބި ބަޔަކު ކައިރީ ދެއްކި ވާހަކައެއްގައި ހާމަ ކޮށްފައެވެ.