މިފްކޯގެ ސީއީއޯއަކަށް މެޑްޓެކާއި އެކު އިންތިހާއަށް ކޮރަޕްޝަން ހިންގާފައިވާ އިހުސާނުގެ އެކުވެރި، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ފަރުހަތު ޝަހީރު، މުއިއްޒު އައްޔަނުކޮށްފިއެވެ.
މީނާ އިންތިހާއަށް ކޮރަޕްޝަން ހިންގާފައިވަނީ، އައިޖީއެމްއެޗްގެ ސީއީއޯ އަކަށް ހުރެއެވެ. އެތަނުން ކޮރަޕްޝަނުން ލިބުނު ފައިސާއިން މީނާ ވަނީ މެޑްފެލެކްސް ކިޔާ ކްލިނިކެއްވެސް ހަދާފައެވެ.
އާދައިގެ މަތިން އިހުސާނުގެ ގާތް މިލިޓަރީ މީހުން، ރާއްޖޭގެ ކުންފުނިތަކަށް އައްޔަން ކުރަމުން ދާދިޔުމަކީ މުއިއްޒުގެ ވެރިކަމަށް އަންނާނެ ގޮންޖެހުމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. އިހްސާން ހުންނެވީ ވެރިކަމަށް ފައިނަގައިގެންނެވެ.
ކުރީގެ ސިފައިންގެ ބޭކަލަކާ މިފްކޯ ހިންގެވުން ހަވާލުކުރިއިރު، މީގެ ކުރިން ފެނަކަ އާއި އެމްޕީއެލް ފަދަ ބައެއް ކުންފުނިތަކުގެ ހިންގުން ވެސް މިލިޓަރީ ނުވަތަ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުންނާ މި ސަރުކާރުން ވަނީ ހަވާލު ކޮށްފަ އެވެ. މިކަމުގެ ސަބަބުން މިހާރު މުޅި ސަރުކާރުތެރޭ ރައީސް މުއިއްޒަށް ވުރެވެސް ބާރު ގަދައީ އިހްސާން (އައްޕަތުރޭ) އެވެ.
މިފްކޯގެ ސީއީއޯގެ މަގާމު މިދިޔަ ޑިސެމްބަރު މަހު އައްޔަނުކުރި ޑރ. ވިޓަލީ ލިއުބިމޯވް މިދިޔަ ހޯމަ ދުވަހުގެރޭ ކުއްލި ގޮތަކަށް ވަކި ކޮށްފައިވަނީ، މިފްކޯއިން ކޮންމެ މަހަކު މުއިއްޒު ބޭނުންވާ ފައިސާ އޭނާގެ ފަރާތުން ހޯދައި ނުދެވޭތީއެވެ. މުއިއްޒު ދަނީ ސަރުކާރު ގިނަ ކުންފުނިތަކުން ކޮންމެ މަހަކު އެތައް މިލިއަނެއް ނަގައި ވައްކަން ކުރަމުންނެވެ.