ޚަބަރު

ފަނޑިޔާރު އަޒްމިރަލްޑާ ބްލެކްމެއިލް ކުރުމަށް، އޭނާގެ ފިރިކަލުން އާންމުކޮށް މަސާޖު ކުރަންދާތަން ފުލުހުން ލައްވާ ރެއިޑް ކުރުވީ މުއިއްޒު އަންގައިގެން

ދިޔަވަރު
ފަނޑިޔާރު އަޒްމިރަލްޑާ ބްލެކްމެއިލް ކުރުމަށް، އޭނާގެ ފިރިކަލުން އާންމުކޮށް މަސާޖު ކުރަންދާތަން ފުލުހުން ލައްވާ ރެއިޑް ކުރުވީ މުއިއްޒު އަންގައިގެން

ފަނޑިޔާރު އަޒްމިރަލްޑާ ބްލެކްމެއިލް ކުރުމަށް، އޭނާގެ ފިރިކަލުން އާންމުކޮށް މަސާޖު ކުރަންދާތަން ފުލުހުން ލައްވާ ރެއިޑް ކުރުވީ މުއިއްޒު އަންގައިގެންކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

މިކަން މުއިއްޒު ކޮށްފައިވަނީ، ފަނޑިޔާރު، އަޒްމިރަލްޑަރ އާއި، ފަނޑިޔާރު ހުސްނުއްސުއޫދު އާއި، ފަނޑިޔާރު މަހާޒު ގަނެ ނުލެވުމުން އެމީހުން ބްލެކްމެއިލް ކޮށްގެން ގެންގުޅުމުގެ ބޭނުމުގައެވެ.

މިކަން ކޮށްފައިވަނީ މުއިއްޒު އަންގައިގެން މިނިސްޓަރުންނާއި، ގާޒީއިންނާއި، ވިޔަފާރިވެރިންނާއި، ސިޔާސީ އިސްވެރިންނަށް ޖާސޫސުކޮށް، އެމީހުންގެ މުހިން މައުލޫމާތު އެއްކޮށް، ބްލެކްމެއިލް ކުރުމަށް މުއިއްޒު އާއި، އިޙްސާން ހިންގާ ޕްރޮގްރާމެއްގެ ދަށުން ހިންގި އޮޕަރޭޝަނަކުންނެވެ.

އަޒްމިރަލްޑާގެ ފިރިކަލުން ޑރ. އިސްލާއިލް ލަތީފް މަސާޖު ކުރަން ދާ ދިޔުމަކީ، އޭނާއާއި އެކު އުޅޭ ޑޮކްޓަރުންނާއި، ރަޙްމަތްތެރިންނާއި، އާއިލާގެ މީހުންނަށްވެސް އެނގޭ ކަމެކެވެ. މި ގޮތުން ޕްރޮފެޝަނަލް މަސާޖް ދޭ ތަނެއްގައި މަސާޖް ރޫމަށް ވަދެ ކުޑަ ވަގުތު ކޮޅެއް ނުވަނީވެސް ޕޮލިހުން ރައިޑް ޖަހައި އޭނާ ހައްޔަރުކޮށް، ގެންގޮސްފައިވަނީ ފަނޑިޔާރު އަޒްމިރަލްޑާ ބްލެކް މެއިލް ކުރުމަށްޓަކައެވެ.

ނަމަވެސް މައްސަލައިގެ ހުރިހާ މަރުހަލާއެއް ނިމުނު އިރު، މައްސަލާގައި ޑރ. އިސްލާއިލް ލަތީފްގެ މައްސަލައެއް ނެތްކަން ސާބިތުވެގެން ކުރިމިނަލް ކޯޓުން މައްސަލަ ނިމުމުން، މުއިއްޒު އަށް މިކަން ވީ ޖަހަމް ކުރެވޭ ވަރުގެ ކަމަކަށް ނޫނެވެ.

މިކަމުގައި ދެން މުއިއްޒަށް އެހީތެރިވެފައިވަނީ ޖަންގިޔާ ނާޒިމް އެވެ. އަޒްމިރަލްޑަރ ބްލެކް މެއިލް ނުކުރެވުމުން، ޖަންގިޔާ ނާޒިމް އާއި އިހްސާން އެކުގައި ނިންމީ ފަނޑިޔާރު މަހާޒުއާއި، އަޒްމިރަލްޑަރ، އަޒްމިރަލްޑަރގެ ފިރިމީހާ ޑރ. އިސްލާއިލް ލަތީފްގެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް، ބުނެ މައްސަލަ އެއް އުފަން ކުރުމަށެވެ. ވުޖޫދުގައި ނެތް މި މައްސަލަ އުފަންކޮށް، ހެކި ހުރި ކަމަށް ބުނެ، މި މޭރުމުން، ލީގަލް ޕްރޮފެޝަން ތެރޭ އާއި އާންމުގެ ތެރޭގައި މިވާހަކަ މިގޮތަށް ފަތުރާފައިވަނީ މުއިއްޒު އަންގައިގެން ޖަންގިޔާ ނާޒިމް އެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ، ސޮފްވަތު އަކީ، ސުޕްރީމް ކޯޓު ފަނޑިޔާރު މަހާޒުގެ ތިމާގެ ބޭފުޅެކެވެ. ސޮފްވަތަކީ ތިމާގެ ބޭފުޅަކަަށް ވުމުން، އާންކޮށް އޮންނަ ގުޅުމުގެ ތެރެއިން ގުޅައި މެސެޖް ކޮށް ހަދައެވެ. ނަމަވެސް، އަޒްމިރަލްޑަރގެ ފިރިކަލުންގެ މައްސަލައާއި ގުޅުން ހުރި އެއްވެސް ކަމެއްގައި މަހާޒު އެއްވެސް ފަރާތަކާއި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވެއެވެ. އަދި އަޒްމިރަލްޑަރގެ ފިރިމީހާ ޑރ. އިސްލާއިލް ލަތީފްގެ މައްސަލަ ބަލާފައި ވަނީވެސް ގާޒީ ސަފްއަތު ހަބީބެއް ނޫނެވެ. އެ މައްސަލަ ކުރިމިނަލް ކޯޓުން ބަލާފައި ވަނީ ގާޒި އިބްރާހިމް ޒިހުނީ އެވެ. ނަމަވެސް މުއިއްޒު ސުޕްރީމް ކޯޓުގެ ގާޒީން ކޮންޓްރޯލް ކުރަން ބޭނުންވެފައިވާލެއް ބޮޑުކަމުން އުފެއްދި ވާހަކަ އަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު، ކުރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު އަށް ގުޅައި، އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމުގެ ދޮގު ވާހަކައެވެ.

މިވަގުތު ޖޭއެސްސީގައި ހިނގަމުންދާ މި މައްސަލައަކީ ސީދާ ޖަންގިޔާ ނާޒިމުގެ ސިކުޑިން އުފަން ކުރުވި އެއްވެސް އަސްލެއްނެތް ފޭކު މައްސަލައެކެވެ. ޖުޑިޝިއަރީ އަށް ބާޣާވާތެއް ގެނައުމުގެ މިކުށުގައި ބައިވެރި ވެފައިވާ މޭސްތެރިންނަކީ މުއިއްޒު އާއި، ޖަންގިޔާ ނާޒިމު އާއި، އިޙްސާނެވެ. މިކަމުގައި އިތުރަށް އެހީތެރި ވަމުން ދަނީ އުޝާމުއާއި، ފާއިޒު ކިޔާ ފަރާތަކާއި، ޖޭއެސްސީގެ ރައީސް ރިޒާއެވެ.

ސުޕްރީމް ކޯޓުން މި ދެ ފަނޑިޔާރުން ވަކިކޮށް، މުއިއްޒުގެ ޕަޕެޓުން ލެވޭނެ ގޮތް ހެދުމަށް، މުއިއްޒު ވަނީ ޖޭއެސްސީ އަށް އަންގާފައެވެ. އެހެންކަމުން ކޮންމެ ގޮތެއް ހަދާފަވެސް، ހެކި އުފައްދައިގެން ވިޔަސް މި 2 ފަނޑިޔާރުން ވަކިކުރާނެއެވެ. ހުސްނުއްސުއޫދު ވަނީ އިސްތިއުފާދީ އޭނާގެ މަޤާމުގެ ޖާގަ މުއިއްޒަށް ވެދުމަށް އަރުވާފައެވެ. އެހެންކަމުން 5 ފަނޑިޔާރުންނަށް ބަދަލު ކުރުމަށް މަޖިލީހުން ނިންމި ނިންމުން ތަޝްދީދު ނުކޮށް، މުއިއްޒުގެ ޕަޕެޓް ކޯޓަކަށް ސްޕްރީމް ކޯޓް ބަދަލު ކުރުމަކީ މިހާރު މުއިއްޒު ރާވާފައިވާ ގޮތެވެ. އަދި މަޖިލީހުން ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ވަކި ކުރުމަށް ނިންމި ނިންމުމަކީ އޭނާއާއި ގުޅުން ހުރި ކަމެއް ނޫން ކަމަށް ދެއްކުމަށް މުއިއްޒު ވަނީ ނިންމާފައެވެ.

މި ގޮތަށް މިކަން ކުރުމަށް، ކުރިމިނަލް ކޯޓަށް މުއިއްޒު ވަނި ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ކުރި މަސައްކަތް ތިރީ ގައި މިވާ ލިޔުމުން ސާފުވާނެއެވެ. މުއިއްޒު އަންގައިގެން ކުރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު އާއި، ޒިހުނީ އަށް އެކި ގޮތްގޮތުން ބިރުދެއްކުމަށްފަހު، މިހާރު ވަނީ ޖޭއެސްސީއަށް ހާޒިރު ކޮށް ދެ ގާޒީން ލައްވާ ބަޔާން ނަގުވާފައެވެ.