ޚަބަރު

އިސްލާމް ދީނުގެ ދިފާޢުގައި ހުސްނުއްސުއޫދު، ކޮށްފައިވާ ސުވާލެއް ލާދީނީ ސުވާލަކަށް ބަދަލުކޮށް ރަމަޟާން މަހު ސޯޝަލް މީޑިޔާގައި ފެތުރީ ލާދީނީ މުއިއްޒު އަންގައިގެން

ދިޔަވަރު
އިސްލާމް ދީނުގެ ދިފާޢުގައި ހުސްނުއްސުއޫދު، ކޮށްފައިވާ ސުވާލެއް ލާދީނީ ސުވާލަކަށް ބަދަލުކޮށް ރަމަޟާން މަހު ސޯޝަލް މީޑިޔާގައި ފެތުރީ ލާދީނީ މުއިއްޒު އަންގައިގެން

އިސްލާމް ދީނުގެ ދިފާޢުގައި ހުސްނުއްސުއޫދު، ކޮށްފައިވާ ސުވާލެއް ލާދީނީ ސުވާލަކަށް ބަދަލުކޮށް ރަމަޟާން މަހު ސޯޝަލް މީޑިޔާގައި ފެތުރީ ލާދީނީ މުއިއްޒު އަންގައިގެންނެވެ. މުއިއްޒު ވަނީ މީގެ ކުރިން، ގުރުއާނުން ބައެއް ލައިވްގައި ކަނޑައިގެން ރާއްޖޭގެ ރަށެއްގައި އޮތް ޖަލްސާއެއްގައި ވެސް ޕީއެސްއެމްއިން ގެނެސްފައެވެ. މުނާފިގުންގެ ވާހަކަ ގެނެސްފައިވާ ބައިން ކަލިމަފުޅެއް މުއިއްޒު އަންގައިގެން އެފަހަރު ޕީއެސްއެމް އިން ވަނީ އުނިކޮށް ވީޑިޔޯ ޕޯސްޓް ކޮށްފައެވެ.

މިފަހަރު މުއިއްޒު ކުރިކަމަކީ، ފަނޑިޔާރު ހުސްނުއްސުއޫދު ޒުވާން އުމުރުގައި، މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަހްމަދު ޑީޑަޓް އާއި، އިސްލާމް ދީން ގަބޫލު ނުކުރާ މީހުންނަށް ޖަވާބު ދާރީ ވުމަށް، އެމީހުން އާންމުކޮށް މުސްލިމުންގެ މެދުގައި ޝައްކު އުފެއްދުމަށް ކުރާ ސުވާލެއް ކޮށް، ދީން ޤަބޫލު ނުކުރާ މީހުންނަށް ރައްދު ދިނުމަށް ބޭނުންވާ މައުލޫމާތު ހޯދާފައެވެ.

ހުސްނުއްސުއޫދުގެ ސުވާލަށް ދީނީ އިލްމު ވެރިޔާ ވަނީ ތަޢުރީފް ކުރައްވާފައެވެ. ނަމަވެސް މި ވީޑިޔޯއިން ބަޔެއް އުނިކޮށް، އޮޅުވާލައިގެން ރައީސް އޮފީހުގައި ތިބި ޓްވީޓް ކުރާ ބޮޓުންތަކެއް ލައްވައި މުއިއްޒު ޓްވީޓް ކޮށްފައި މިވަނީ މި ބަރަކާތްތެރި ރަމަޟާން މަހުގައެވެ. މުއިއްޒުގެ ހުރި ނުބައި ކަމާއި، ދީނާއި މެދު ނެތް ލޯތްބާއި، އެހެން މީހުންނާއި ގުޅޭ ގޮތުން ދޮގު ވާހަކަ ފެތުރުމުގައި މުއިއްޒުގެ އަމަލުތައް ހުރި ނުބައި މިންވަރާއި މެދު ބަޔަކު އަޖައިބުވެ އަންތަރީސްވާވަރު ވެއެވެ.

https://twitter.com/aisherth/status/1897324808012214320?s=46

މި ޓްވީޓްގައި މިވަނީ އަސްލު ވީޑިޔޯއެވެ. މި ވީޑިޔޯއަކީ މީގެ ކުރިން ސޯޝަލް މީޑިޔާގައި ދައުރުވި ވީޑިޔޯއެއް ނޫނެވެ. ވީޑިޔޯ ނެރެފައިވަނީ ސީދާ ރައީސް އޮފީހުން ކަން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ވެފައެވެ.