ޚަބަރު

މާލޭގެ 6 ތަނެއްގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތު އޮތް މީހަކު ދޫކޮށްލަން އުޅެ، އަދި އިތުރު ޓެރަރިސްޓުން މުއިއްޒު ދޫކުރަމުން ދަނީ، އެމްބަސީތަކާއި، ސިޔާސީ ޕާޓީތަކާއި، އާންމު ރައްޔިތުން ނުރައްކަލަކަށް ވައްޓާލަން ގަސްތުގައި!

ދިޔަވަރު
މާލޭގެ 6 ތަނެއްގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތު އޮތް މީހަކު ދޫކޮށްލަން އުޅެ، އަދި އިތުރު ޓެރަރިސްޓުން މުއިއްޒު ދޫކުރަމުން ދަނީ، އެމްބަސީތަކާއި، ސިޔާސީ ޕާޓީތަކާއި، އާންމު ރައްޔިތުން ނުރައްކަލަކަށް ވައްޓާލަން ގަސްތުގައި!

މާލޭގެ 6 ތަނެއްގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތު އޮތް މީހަކާއި އިތުރު ޓެރަރިސްޓުން މުއިއްޒު ދޫކުރަމުން ދަނީ، އެމްބަސީތަކާއި، ސިޔާސީ ޕާޓީތަކާއި، އާންމު ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަމަށެވެ.

މުއިއްޒު ވަނީ އިތުރު ޓެރަރިސްޓުންތަކެއްވެސް ދޫކޮށްފައެވެ. ދުނިޔޭގެ ބޮޑެތި ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުން އޮންނަ މީހުން ދޫކުރުމުގެ ސަަބަބުން އެކަން ބޭރުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އަދި ރާއްޖެ ނުރައްކާތެރި ޤައުމެއް ގޮތުގައި ލޭބަލް ކުރެވި، ފަތުރުވެރިން ރާއްޖެ ދަތުރު ނުކުރުމަށް ބައެއް ޤައުމުތަކުން ދަނީ މަޝްވަރާވެސް ކުރަމުންނެވެ.

ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ބޮމެއް ހަދަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލަން ދަށު ކޯޓުގައި ދައުލަތުން މުއިއްޒު އަންގައިގެން ވަކާލާތުކޮށްފި އެވެ.

ބަންދުން ދޫކޮށްލަން މުއިއްޒުގެ އަމުރަށް ޕީޖީ އޮފީހުން، ވަކާލާތުކުރީ އޭޕްރީލް، 2017، ގައި މ. ކުނޫޒުގައި އޭރު ބޭއްވި ޖަލްސާއަކަށް އަމާޒުކޮށް ބޮމެއް ގޮއްވާލަން ރޭވި ކަމުގެ ދައުވާ ލިބޭ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގަ އެވެ.

ދުނިޔޭގެ ހުރިހާ ޤައުމެއްގައި ދައުލަތުން ޓެރަރިސްޓުން ހައްޔަރުގައި ބެހެއްޓުމަށް މަސައްކަތް ކުރާއިރު، މިއީ މުޅި ދުނިޔޭގައިވެސް ޓެރަރިސްޓުން ދޫކޮށްލުމަށް ގޮވާލައި ދައުލަތުން ވަކާލާތު ކުރި ފުރަތަމަ ފަހަރެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ހުއްޓައި، އޭނާ ދޫކޮށްލަން އެދި އަލުން ކްރިމިނަލް ކޯޓަށް ދިޔައީ ޕްރޮސެކިއުޓާ ޖެެނެރަލްގެ ފަރާތުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އޭނާ ބަންދު ކުރުމަށެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ނިންމި ނިންމުން ދަމަހައްޓަން ކްރިމިނަލް ކޯޓުން ޖެނުއަރީ 14، ގައި ނިންމި ނަމަވެސް އެ އަމުރު އާންމުކޮށްފައެއް ނުވެ އެވެ. އޭނާ ބަންދުން ދޫކޮށްލަން ދައުލަތުން ވަކާލާތުކުރިކަން ހާމަވީ އިއުތިސާމުގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުންނެވެ.

މި މައްސަލައިގައި ހައި ކޯޓުގައި ބޭއްވި ހަމައެކަނި އަޑުއެހުން ބޭއްވީ ފެބްރުއަރީ 18، ގަ އެވެ. އަޑުއެހުމުގައި އިއުތިސާމުގެ ވަކީލު ވިދާޅުވީ ދަށު ކޯޓުގައި ދައުލަތުން ވަކާލާތުކުރީ، ޝަރުތުތަކަކާއެކު މޮނީޓާ ކުރެވޭނެހެން އޭނާ ދޫކޮށްލުމަށް ކަމަށެވެ. އެހެންކަމުން އިއުތިސާމު ބަންދުގައި ބަހައްޓަން ކޯޓުން ނިންމި ނިންމުން އިންސާފުވެރި ނޫން ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލު ވެސް ވަނީ ދަށު ކޯޓުގައި އިއުތިސާމު ދޫކޮށްލަން ދައުލަތުން ވަކާލާތު ކުރިކަމަށް އިއުތިރާފުވެފަ އެވެ. ޖެނުއަރީ މަހު އެގޮތަށް ވަކާލާތުކުރީ ޖަލުގެ ޖާގައިގެ ދަތިކަން ހުރިކަމަށް ބުނެ ލިބުނު ސިޓީއަކާއި އޭނާ ބަންދުން ދޫކޮށްލުމުން މޮނީޓާ ކުރެވޭނެ ކަމަށް ފުލުހުން އަނގަބަހުން ބުނި ބުނުމެއްގެ މައްޗަށް ބަލައިގެން ކަމަށް ވަކީލު ވިދާޅުވި އެވެ.

އިއުތިސާމު ޝަރީއަތް ނިމެންދެން ބަންދުކުރިއިރު އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލުގެ ހާލަތަށް ބަދަލު ނާންނަކަން ވެސް ހައި ކޯޓުގައި ދައުލަތުގެ ވަކީލު ވަނީ ފާހަގަކުރައްވާފަ އެވެ.

އެއާއެކު މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ މި މައްސަލާގައި ދައުލަތުން އަމަލުކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ދައުލަތުން މަސައްކަތް ކުރަނީ ދަށު ކޯޓާއި ހައި ކޯޓުގެ ވަގުތު ނަގާލުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ތިހެން [ދައުލަތުން ބަންދުން ދޫކޮށްލަން ވަކާލާތު ކުރި ކަމަށް] ވަންޏާ މިތަނުގަ މިހާރު ކީއްތޯއޭ މި ކުރަނީ. ތިބޭފުޅުން ފުރަތަމަ ކޯޓަށް ވަޑައިގެންނެވީ ކީއްކުރައްވަންތޯ. ނޫހުގެ ސުރުހީ ބަދަލުވާތީތޯ. ކޯޓުން ދޫކޮށްލައިފިއޭ ބުނަން. އެއީތޯ އަންނަ ބަދަލަކީ،" ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ ފަނޑިޔާރު ވިދާޅުވި އެވެ.

އަދި، ނިޒާމުގެ ތެރެއިން އިއުތިސާމު ދޫވާނެ ފަދަ ހާލަތެއް އޮތް ކަމަށް ދެއްކެވީ ދައުލަތުން ކަމަށާއި ދައުލަތުން "އެކިފަހަރު އެކި ދުލުން" ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ޖަލުގައި ޖާގަ ނެތް ނަމަ ދޫކޮށްލަން ޖެހޭނީ އިއުތިސާމު އެކަނި ތޯ ދީބާނާޒް ސުވާލު އުފެއްދެވި އެވެ.

"ދޫކޮށްލަން ނުޖެހޭ ކަމަށް އަމިއްލަފުޅަށް ގަބޫލުކުރެވެންޏާ ކީއްވެގެންތޯ އެންމެ ފުރަތަމަ ހުށަހެޅުއްވީ. އެޔެއް ނޫންތޯ އެބޭފުޅުންގެވެސް ޝަކުވާއަކީ..،" ފަނޑިޔާރު ވިދާޅުވި އެވެ. "މި ނިޒާމުގެ ތެރޭގަ އިސްތިއުނާފުކުރާ ފަރާތް ދޫވާނެ ކަމުގެ އުންމީދެއް ދައުލަތުން އުފަންކޮށްދެއްވި ގާނޫނީ ސަބަބެއް ވިދާޅުވެދެއްވާ."

ފަނޑިޔާރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު ފާހަގަކުރެއްވީ ދާދި އެއް ވާހަކަތަކެކެވެ. އެއީ ޖަލުގެ ޖާގައިގެ ދަތިކަމާއި އޭނާ ދޫކޮށްލުމުން މޮނީޓާ ކުރެވޭނެ ކަމަށް ފުލުހުން ބުނި ބުނުމެވެ. އަދި، ޖާގައިގެ ދަތިކަމާހުރެ އެހެން މީހުން ދޫކޮށްލަން ވެސް ދައުލަތުން އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތާ ދެކޮޅަށް ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުން އިސްތިއުނާފުނުކުރަން ނިންމި ކޯޓުގެ ނިންމުމުގައި، މޮނީޓާ ކުރަން ފުލުހުން ބުނީ އަނގަބަހުން ކަން ފާހަގަކޮށްފައި އޮތުމާއި އެކަމާ ގުޅޭ ލިޔުމެއް ލިބިފައި ނެތުމުން ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

އެ ދުވަހުގެ އަޑުއެހުން ނިންމާލީ ދެން ބާއްވާނީ މައްސަލަ ނިންމާ އަޑުއެހުން ކަމަށް އިއުލާނުކުރުމަށްފަހު އެވެ. ނަމަވެސް އިތުރު އަޑުއެހުމެއް ނުބޭއްވެނީސް އިއުތިސާމުގެ ފަރާތުން އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ގެންދަން އޭނާގެ ފަރާތުން އެދުނީ އަޑުއެހުން ބޭއްވި ދުވަހުގެ ފަހު ދުވަހު އެވެ.