މުއިއްޒާއި ހުސެއިން ހުވާ ކުރައްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.
މި ޖަލްސާއަށް އަވަށްޓެރި ހުރިހާ ގައުމުތަކަށާއި ރާއްޖެއާ ހާއްސަ ގާތް ގުޅުން ބާއްވާ ހުރިހާ ގަައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމިއްޔާތަކަށް ދައުވަތު ދީފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ކުރިން ވަނީ ބުނެފައެވެ.
އިންތިހާބީ ރައީސްގެ އޮފީހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިރްޒުލް ވިދާޅުވީ މިހާތަނަށް އައިއިރު ގައުމުތަކަށާއި ޖަމިއްޔާތަކަށް ދައުވަތު ދީފައިވާ އިރު، ޕޮޒިޓިވް ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ.
ގައުމުތަކުގެ އިސްވެރިންގެ ނުވަތަ ވަފްދުގެ ދަތުރުފަތުރުގެ ކަންކަން އާންމުކޮށް ކަށަވަރުވެގެން ދަނީ ވަރަށް ފަހުގެ މަރުހަލާއެއްގައި ކަމަށް ފިރްޒުލް ވިދާޅުވިއެވެ. އެހެންވެ، ތަފްސީލްތައް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
ދިޔަވަރަށް އިންތިގާލީ އޮފީހުގެ ފަރާތުން ނަން ހާމަ ނުކުރަން އެދި މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އަދި މިހާތަނަށް އެއްވެސް ޤައުމެއްގެ ރައީސަކު، ނުވަތަ ބޮޑުވަޒީރަކު މުއީއްޒުގެ ދަޢުވަތް ޤަބޫލުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން، ލަންކާގެ ސަރުކާރުގެ އިސްބަޔަކާއި ވާހަކަ ދައްކައިގެން ލަންކާގެ ބޮޑުވަޒީރު މި ހަފްލާއަށް އައުމަށް އެދެމުންދާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.