ޚަބަރު

މުއިއްޒު ބޭޒާރު ވާނެތީ, ފަޒުލްގެ ކޮރަޕްޝަންގެ މައްސަލަ ކުރިޔަށް ނުގެން ގޮސް ޕާކްކޮށްފި! ފަޒުލް ރިޝްވަތުގެ ހަރާމް ފައިސާ އެންމެ ގިނައިން ފޯރުކޮށްދިނީ މުއިއްޒުއަށް!

ދިޔަވަރު
މުއިއްޒު ބޭޒާރު ވާނެތީ, ފަޒުލްގެ ކޮރަޕްޝަންގެ މައްސަލަ ކުރިޔަށް ނުގެން ގޮސް ޕާކްކޮށްފި! ފަޒުލް ރިޝްވަތުގެ ހަރާމް ފައިސާ އެންމެ ގިނައިން ފޯރުކޮށްދިނީ މުއިއްޒުއަށް!

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ދީފައިވާ, އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުން، އެ ތަޙުޤީޤުގައި މުއިއްޒުގެ ނަން ފެންމަތިވެގެން އަންނާނެތީ, ފަޒުލްގެ ކޮރަޕްޝަންގެ ތަހުގީގު ޕޮލިހުންނާއި އޭސީސީން ޕާކު ކޮށްފިއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން, ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ, އޭސީސީންނާއި އަދި ޕޮލިހުންގެވެސް, މުއިއްޒު ބޭޒާރު ވާނެތީ, އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅުންހުރި މައްސަލަ ކުރިޔަށް ނުގެން ގޮސް މިހާރު ޕާކްކޮށްފައި ވާކަމުގައެވެ.

އިބްރާހިމް ފަޒުލް ރަޝީދަކީ މިހާރުގެ ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަންކުރެވުނު ފަރާތެކެވެ. ހުޅުމާލެއިން ގޯތިގެދޮރު ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފައިވާކަމުގެ ތުހުމަތުތަކާ ގުޅިގެން އޭނާ އިސްތިއުފާ ދީފައިވެއެވެ.

މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ފަރާތްތަ އެފަރާތްތަކުގެ މައްޗަށް މަނީ ލޯންޑްރިންގއާ ގުޅޭ ދަޢުވާއެއް ކުރެވިދާނެ ފަރާތްތަކެކެވެ. މިހާލަތުގައިވެސް މި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ތަޙުޤީޤީ މުއައްސަސާއަކަށް ހާޒިރުވެސް ކޮށްފައެއް ނުވެއެވެ.

އަދި ޕީޖީ ޢައްބާސް ޝަރީފުވެސް މި މައްސަލަތައް ތަޙުޤީޤުކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވަމުން ނުގެންދަވައެވެ.

ފަޒުލް އެޗްޑިސީގެ މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވީ, ދައުލަތުގެ މުދަލުން ވައްކަން ކުރަމުން ކުރަމުން ގޮސް, މުއިއްޒުއާއި ފަޒުލް އަރިސް މީހުންނަށް ހުޅުމާލެއިން ވަގަށް ގޯތި ކަނޑާފަ ދޭ ހިސާބަށް ކަންތައް ދިޔަފަހު, ރައްޔިތުންގެ ފަރާތުން ކުރިމަތިވީ ޕްރެޝަރުގެ ސަބަބުންނެވެ.

އެޗްޑީސީގެ އެމްޑީކަމުގައި ހުރެ ފަޒުލް އޭނާގެ ބޭބެއަށް ވަގަށް ހުޅުމާލެއިން ގޯތި ދީ, އަދި މުއިއްޒުގެ އެންގުމަށް އެތައް ބަޔަކަށް ވަގަށް ހުޅުމާލެއިން ގޯތި ދޫކޮށްފައި ވެއެވެ. އަދި ނުއަގުގައި ގޯތި ވިއްކާ, އޭގެ އިތުރުން ވިނަރެސްއިން ފެލެޓްތައްވެސް, މުއިއްޒުގެ އަމުރަށް ފަޒުލް ވަނީ އެތައް ބަޔަކަށް ވަގަށް ދީފައެވެ.

މުއިއްޒު ދަނީ ކޮރަޕްޝަނާއި ފަސާދައިން ފަސްބައި ކިލަނބުވެފައިވާ މީހުން ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމްތަކަށް އައްޔަންކޮށް, އަދި އެފަދަ ފަރާތްތަކަށް ދައުލަތުގެ މުވައްސަސާތައް މެދުވެރިކޮށް ހިމާޔަތްވެސް ދެމުންނެވެ.