ޚަބަރު

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރަން ހަވާލު ކުރި ޗައިނާ ކުންފުންޏަށް ދިން 8 މިލިއަން ރުފިޔާއިން 4 މިލިއަން މުއިއްޒު ނަގައި، އިތުރު 2 މިލިއަނެއް ޖެން-ސެޓް ގަތުމަށް ރިޝްވަތުގެ ގޮތުގައި ވަނީ ނަގާފައި!

ދިޔަވަރު
އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރަން ހަވާލު ކުރި ޗައިނާ ކުންފުންޏަށް ދިން 8 މިލިއަން ރުފިޔާއިން 4 މިލިއަން މުއިއްޒު ނަގައި، އިތުރު 2 މިލިއަނެއް ޖެން-ސެޓް ގަތުމަށް ރިޝްވަތުގެ ގޮތުގައި ވަނީ ނަގާފައި!

އައްޑޫ ސިޓީ ކަރަންޓު މައްސަލަ ހައްލު ކުރަން ހަވާލު ކުރި ޗައިނާ ކުންފުންޏަށް އެޑްވާންސް އަށް ދިން 8 މިލިއަން ރުފިޔާއިން 4 މިލިއަން ރުފިޔާ ނެގީ މުއިއްޒު ކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން މި މަޝްރޫއު ކުރިއަށް ގެންދަން އޭޕްރީލް 18، 2024، ގައި ހަވާލުކުރީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަން ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް މިކުންފުނިން މިކަމާއި ގުޅޭ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު، މި ކުންފުނި ބޭނުން ކޮށްފައިވަނީ ދައުލަތުގެ ފައިސާ އިން މުއިއްޒު ވައްކަން ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ހަވާލުކުރި މި މަޝްރޫއުގެ އެޑްވާންސް އަށް ފައިސާ ދިން ފަހުން 11 މަސް ދުވަސް ފާއިތުވެގެން ދިޔައިރު، މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތް އެކުންފުނިން ކޮށްފައި ނުވެއެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.

ދެ ފޭހަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައި އޮތް މި މަޝްރޫއުގައި ގާއިމު ކުރާނީ 9.8 މެގަވޮޓުގެ ގެ ދެ ޖެން ސެޓާއި އަދި 5.8 މެގަވޮޓް ދެ ޖެން ސެޓު ކަމަށް ސަރުކާރުން ބުނެ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާގައި އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އެއިރު ހުންނެވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާއެކު ކަމަށާއި، މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20 އަދި 25 އަހަރަށް ހައްލުވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢު ކުރިއަށް ގޮސްފައި ނުވަނީ ޕްރޮޖެކްޓުން، 4 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި މުއުއިއްޒު ނެގުމުގެ ސަބަބުންނެވެ. ޗައިނާ ކުންފުންޏާއި އެކު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ކޮރަޕްޝަނުގެ ތެރެއިން ދެން ފެނަކައިން އައްޑޫއަށް ގެނައީ، 1.8 މެގަވޮޓްގެ ޖަނެރޭޓަރެކެވެ. މިކަން ކޮށްފައިވަނީ މީގެ 2 ހަފްތާ ކުރިންނެވެ. މީގެ އިތުރުން، 1.8 މެގަވޮޓްގެ ޖެން ސެޓަކަށް ވަނީ އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފައެވެ. ނަމަވެސް ފަހުން އޯޑަރު ކުރި، ޖެން ސެޓް އަދި ރާއްޖެ ނާދެއެވެ. މި 2 ޖެނަރޭޓަރަކުން ކޮންމެ ޖަނެރޭޓަރަކަށް 4.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭއިރު، އެއިން ކޮންމެ ޖެންސެޓަކުން މިލިއަނެއް ހާ ރުފިޔާ ގޮސްފައިވަނީ ކޮރަޕްޝަނަށެވެ. އަދި ސްޕެއަރ ތައް ގެނައުމަށްވެސް، އެތައް ޖަނަރޭޓަރެއް ގަންނަ އަގުގެ ފައިސާ މުއިއްޒު ވަނީ ޚަރަދު ކޮށްފައެވެ. އަދި ގެންނަ އެއްވެސް ސްޕެޔަރ އެއް ކޮރަޕްޝަނުން މުއިއްޒު އާއި، ފެނަކައިގެ ވެރިންނަށް ބައި ނޭޅޭހެން ނުގެނެއެވެ.

ޖެންސެޓުންވެސް ރިޝްވަތު ނެގުމުން، ކޮލިޓީ ޖަނެރޭޓަރެއް ނުގެނެވެއެވެ.

އެހެން ކަމުން އައްޑޫ އަށް ކަރަންޓު ނުލިބުމުން އެކަމުން އެންމެ ބޮޑު މާލީ މަންފާއެއް ލިބިގެން ދަނީ މުއިއްޒުއަށެވެ. މައްސަލަ ދިގުލައިގެން ދިޔަވަރަކަށް ފެނަކައިގައި ތިބި ވެރިންނަށާއި، މުއިއްޒަށް ކޮރަޕްޝަނުގެ ތެރެއިން އެތައް މިލިއަނެއް ލިބިގެން ދެއެވެ. އެހެން ކަމުން މުޒާހަރާކޮށް އައްޑޫ ރައްޔިތުން މާލެއާއި، އައްޑޫގައި ދާއިމީކޮށް މުޒާހަރާ ކޮށްގެން ނޫނީ މިކަމަށް ހައްލެއް ހޯދަ ދޭނެ ކަމަކަށް ނުފެނެއެވެ.