ނަސަންދުރާ ހިންގުމަށް ހުއްދަލިބޭނީ، މުއިއްޒަށް ރިޝްވަތުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދީގެން ކަމަށް އަންގައިފި އެވެ.
އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމެންޓެއް ކަމަށްވާ، ނަސަންދުރާ ހޮޓެލް ހިންގުމަށް ބޭނުންވާ ހުއްދަ ދިނުން މުއިއްޒުގެ އަމުރަށް މިހާރު ޓުއަރިޒަމް މިނިސްޓްރީއިން ވަނީ ހުއްޓާލާފައެވެ. މުއިއްޒުއަށް ނަގުދު ފައިސާގެ ގޮތުގައި 20 މިލިއަން ރުފިޔާ ނުލިބެނީސް ނަސަންދުރާ ނުހުޅުވޭނެ ކަމަށް ވަނީ އޭނާގެ ފަރާތުން ނަސަންދުރާ އޮޕަރޭޝަން އާއި ހަވާލުވި ކުންފުންޏަށް އަންގާފައެވެ.
މިއީ ޤައުމުގެ ވެރިއަކު، ޤައުމުގައި ހިންގާ ރިސޯޓުތަކުގެ މެނޭޖްމެންޓް ކުންފުނިތަކުން ކޮރަޕްޝަނަށް އެދުނު ފުރަތަމަ ފަހަރެވެ.
ރައީސް މުއިއްޒުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެތައް ބިލިއަން ރުފިޔާގެ ގެއްލުން ފާއިތުވި އަހަރު ވެފައިވާއިރު، މިދިޔަ މަހުވެސް ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަދަދު ވަނީ މަދުވެފައެވެ.
ރައީސް މުއިއްޒު އަކީ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި، ވައްކަމުގައި މުޅި އޭޝިޔާގައި ވެސް ހުރި އެފަދަ ދެވަނައެއް ނުވާ ފަރާތެވެ.