ޚަބަރު

މުއިއްޒުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތު: މެމްބަރުން ނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަ ކުޑަކޮށް, ޕްރިވިލެޖް ކާޑަކުން މެމްބަރުންނަށް ހައްދެއް ނެތި ރާއްޖެއިން ބޭރުން ބޭސްފަރުވާވެސް ކުރެވޭނެ ގޮތް ހަދާ ދިނުން!

ދިޔަވަރު
މުއިއްޒުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތު: މެމްބަރުން ނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަ ކުޑަކޮށް, ޕްރިވިލެޖް ކާޑަކުން މެމްބަރުންނަށް ހައްދެއް ނެތި ރާއްޖެއިން ބޭރުން ބޭސްފަރުވާވެސް ކުރެވޭނެ ގޮތް ހަދާ ދިނުން!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ޚާއްޞަ އިންޝުއަރެންސް ކާޑެއް ތަޢާރަފުކުރުމަށް އެލައިޑް އިންޝުއަރެންސް ކުންފުނީގައި އެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވަނީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހި، ރީއިމްބާސްމަންޓްގެ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ޝަކުވާ ހުށަހަޅާފައެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވީ މި މައްސަލަ ހައްލުކޮށް، ރީއިމްބާސްމަންޓަށް ނުޖެހޭ ނިޒާމެއްގެ ތެރެއިން، އިންޝުއަރެންސް ކާޑެއް މެންބަރުންނަށް ޚާއްޞަކޮށް ތަޢާރަފުކުރުމަށް އެލައިޑްގައި އެދުމަށެވެ.

ހުށަހެޅިފައިވާ ގޮތުގައި މި ކާޑު ފަރުމާކުރެވޭނީ ވަކި ލިމިޓެއް ކަނޑައަޅައި، އެ ކާޑުން ރާއްޖެއިން ބޭރުގައި ކުރާ ބޭސްފަރުވާއަށް ސީދާ ފައިސާ ދެއްކޭ ގޮތަށެވެ.

މި ހުށަހެޅުމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ތާއީދުކުރެއްވިއެވެ. އަދި ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާޤުން ހުށަހެޅުން ފާސްވިއެވެ.

އިތުރު ކަމެއްގެ ގޮތުގައި މެންބަރު އިބްރާހިމް ދީދީ ވަނީ ހެލްތު އިންޝުއަރެންސް އެލައިޑަށް އިތުރު މުއްދަތަކަށް ދިނުމަށްވެސް ތާއީދުކުރައްވާފައެވެ.

މިސަރުކާރުން ޚަރަދު ކުޑަކުރާނެކަމަށް ވިދާޅުވުމަށްފަހު, މުއިއްޒު މިހާރުވަނީ, މަޖިލިސް މެމްބަރުން ނޫން އެހެން ހުރިހާ ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައެވެ. އަދި އޭގެ އިތުރަށް, މަޖިލިސް މެމްބަރުން މިވަނީ, ރާއްޖެއިން ބޭރުން އެއްވެސް ހައްދެއްނެތި މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް, ބޭސްފަރުވާ ކުރެވޭނެ ގޮތް ހެދުމަށް, ޚާއްސަ ކާޑެއް އީޖާދުކުރުމަށް އެލައިޑް އިންޝޫރަންސްއަށް މަޖުބޫރު ކުރުވުމަށް ނިންމާފައެވެ.

މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ޚަރަދު ކުޑަ ކުރާނެކަމަށް ވައުދު ވުމަށްފަހު, ގެންދަނީ ބޮޑުންނަށް މޮޅުގޮތް, އާދައިގެ ނިކަމެތި މުވައްޒަފުންނަށް ހިތުހުރި ގޮތަކަށް ހަދަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މުއިއްޒުގެ ސަރުކާރަކީ ބަހާއި އަމަލާއި ދިމާނުވާ ސަރުކާރެކެވެ.