ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުވާލީ މިއަދުގެ ނިޔަލަށެވެ. ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާ ރޭގެ 23:59 އާ ހަމައަށް އިތުރުކޮށްފަ އެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރި އިރު, ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ މީހުންނަށް ޕޮއިންޓު ލިބުނު ގޮތް މިހާރު ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފެންނަ ގޮތް ވަނީ ހަދާފަ އެވެ.
ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބުނާ ނަމަވެސް ފުރަތަމަ ދޭ 4000 ފްލެޓުގެ ތެރޭގައި ނުހިމެނޭ މީހުންނަށްވެސް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޭނެ ކަމަށެވެ.