ޚަބަރު

މުޒާހަރާ ކުރާ ފަރާތްތަކާއި ދެކޮޅަށް މުއިއްޒު މިރޭ ދައްކާލީ، ގޮޅާފޯސް ނުދައްކާ ވަރުގެ އަނިޔާވެރިކަން

ދިޔަވަރު
މުޒާހަރާ ކުރާ ފަރާތްތަކާއި ދެކޮޅަށް މުއިއްޒު މިރޭ ދައްކާލީ، ގޮޅާފޯސް ނުދައްކާ ވަރުގެ އަނިޔާވެރިކަން

މުޒާހަރާ ކުރާ ފަރާތްތަކާއި ދެކޮޅަށް މުއިއްޒު މިރޭ ދައްކާލީ، ގޮޅާފޯސް ނުދައްކާ ވަރުގެ އަނިޔާވެރިކަމެވެ. ގޮޅާ ފޯސް އަކީ މައުމޫނުގެ ޒަމާނުގައި އެމްޑީޕީއިން އަދުލު އިންސާފާއި، 3 ބާރު ވަކިވެފައިވާ ސަރުކާރެއް ހޯދުމަށް ކުރި މަސައްކަތާއި ދެކޮޅަށް ނެރުނު ސިފައިންނަށް ރައްޔިތުން ދިން ނަމެވެ.

މިހާރުވެސް ފެނަންނަނީ ހަމަ އެ އަނިޔާވެރިކަމެކެވެ. ރައްޔިތުން ކޮށްޕައި ގަޅުވައި ތަޅައި، ޕެޕަރ ސްޕްރޭ ޖަހައި އަނިޔާ ކުރި މަންޒަރު މިރޭ ލައިވްކޮށް ޓީވީއިން ފެނިގެން ދިޔައިރު، ހަނދާނަށް އައީ އޭރު މުޒާހަރާތަކުގައި އަޅުގަނޑުމެންނަށް ދެމުންގެންދިޔަ އަނިޔާތަކެވެ. ގަޔަށް ޖެހި ޕެޕޭ ސުޕްރޭތަކާއި، ދުލުން ގޮވަމުން ދިޔަ އަވަގުރާންތަކެވެ.

އާންމުން ކުރަމުން ދިޔައީ ސުލްހަވެރި މުޒާހަރާއެކެވެ. މުޒާހަރާއަށް ގަސްތުގައި ހުރަސްއަޅައި، އަނިޔާވެރިވީ މުއިއްޒު އަންގައިގެން ސަލާމަތީ ބާރުތަކުންނެވެ. ރައްޔިތުން ގޮވަމުން ދިޔައީ ކައްޒާބުގެ އިސްތުއުފާށެވެ. ކައްޒާބުގެ އިސްތިއުފާގެ އަޑުއަހަށް ދަތިވެގެން ފުލުހުންނާއި ސިފައިން ނެރެ، މިވަރަށް އަނިޔާވެރި ވާކަށް ނުޖެހެއެވެ.

ރައްޔިތުން އެދެނީ ތެދުވެރިކަމަށެވެ. އެމީހުންނަށް ލިބިފައިވާ ގޯތި ތަކާއި، ފުލެޓްތައް ލިބުމަށެވެ. ވައްކަން ނުކުރުމަށެވެ. މިއަޑު އަހަން ވެރިމީހާއަށް މިވަރަށް ދަތިވެގެން މިއުޅޭނީ ކޮންކަމަކާތޯއެވެ. ރައްޔިތުން ނުކުންނަން ވީއެވެ. ސަފުތައް ވަރުގަދަ ކުރަންވީއެވެ. މުއިއްޒަށް އެއްންމެ ރެއަކުވެސް ލޮލުފިޔަ ޖެހުވިޔަ ދީގެން ނުވާނެއެވެ.

ގޮޅާ ފޯސް އާއި ދެކޮޅަށް ކާމިޔާބު ހޯދީވެސް، ދިވެހިރައްޔިތުންނެވެ. މުއިއްޒު އާއި ދެކޮޅަށް ދިވެހިރައްޔިތުން ކާމިޔާބު ހޯދާނެއެވެ.