މުއިއްޒު އުފައްދައިގެން އުޅޭ މަހާޒް އާއި އަޒްމިރާލްދާގެ މައްސަލަ ބަލަން ކަމަށް ބުނެ، ކުރިމިނަލް ކޯޓު ޤާޒީ ސޮފްއަތަށް ބިރުދެއްކުމަށް މުއިއްޒު އަންގައިގެން މިއަދު އޭސީސީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މި ހާޒިރުކުރުން އަންނަނީ ސިޔާސީ ޕާޓީތަކަށް މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ޤާނޫނުއަސާސީގެ އިސްލާޙު ބާޠިލުކުރުމަށް ހުށަހެޅިފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، އެ މައްސަލަ ބަލަމުން ދިޔަ ފަނޑިޔާރުން ކުރެ ތިން ސުޕްރީމް ކޯޓު ފަނޑިޔާރުން މުއިއްޒު އުފައްދައިގެން އުޅޭ މައްސަލައެއްގައި ސަސްޕެންޑުކުރުމާ ގުޅިގެންނެވެ.
ރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުގެ އިތުރު ދެ ފަނޑިޔާރުން - އިބްރާހިމް ޒިހުނީ އަދި އަލީ އާދަމް - ވެސް ވަނީ އޭސީސީއަށް ހާޒިރުކުރެވިފައެވެ. ފަނޑިޔާރުން ހާޒިރުކުރެވެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރާ ދެކޮޅަށް ކުރިއަށްގެންދާ ތަޙުޤީޤާ ގުޅިގެންނެވެ. މުއިއްޒު އަށް އޭނާ ބޭނުންވާ ގޮތަށް އަނބުރާ ނުލެވުނީ މި ދެފަނޑިޔާރުން އެކަންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ސަސްޕެންޑްކުރެވިފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި ބަންޑާރަ ނާއިބް އަޙްމަދު އުޝާމްގެ ފަރާތުން ފަނޑިޔާރުންނަށް ބިރުދެއްކުމާ ދެކޮޅަށް އިހުތިޖާޖްކުރުމުގެ ގޮތުން، ހުސްނުއްސުއޫދު ވަނީ އިސްތިއުފާދީފައެވެ.
މިއަދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން، ސަސްޕެންޑްކުރެވުނު ސުޕްރީމް ކޯޓު ފަނޑިޔާރުން އަޒްމިރާލްދާ އަދި މަހާޒް ވެސް ވަނީ އޭސީސީއަށް ހާޒިރުކުރެވިފައެވެ.
ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާއަށް ކުރެވޭ ތުހުމަތަކީ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމެވެ. ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅިގެން ބެލެމުންދަނީ، ހައިކޯޓުގެ ކުރީގެ ރަޖިސްޓްރާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް އިންޒާރުދިން ކަމަށް ބުނެވޭ މައްސަލައެވެ. މި މައްސަލަތައް އޭސީސީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވެސް ބަލަމުންދެއެވެ. މި މައްސަލައަކީ މުއިއްޒު އާއި ޖަންގިޔާ ނާޒިމް އުފައްދައިގެން އުޅޭ ފޭކް މައްސަލައެކެވެ. ބޭނުމަކީ ސުޕްރީމް ކޯޓުން މި ދެ ފަނޑިޔާރުން ވަކި ކުރުމެވެ.
މި ޤާނޫނީ ހަނގުރާމައިގެ ނަތީޖާއަކީ ޝަރުޢީ ދާއިރާގެ މިނިވަން މުއިއްޒުގެ އަތްމައްޗަށް ގެނެސް، ވެރިކަމުގެ 3 ބާރު އެއްކޮށް މުޅި ރާއްޖެ ހިސޯރު ކުރުމެވެ.