ޗައިނާ އިން ރާއްޖޭގެ ކަނޑު އަޑީގައި ހަރުކުރަމަށް ނިންމާފައިވާ ޑިވައިޒް ތަކަކީ ކޯއްޗެއް ކަމެއް ދަނެގަނެވޭނެ ވަރުގެ ގާބިލު ކަމެއް ރާއްޖެއަކު ނެތީސް ތިމާވެށީގެ ނަމުގައި ޑިވައިސް ތަކެއް ހަރުކުރުމަށް ޗައިނާއާއި އެކު މުއިއްޒު އެއްބަސްވެފައި ވާތީ އެމްއެންޑީއެފް އޮފިސަރެއް އެކަމާއި ގުޅިގެން ކަންބޮޑުވުން ދިޔަވަރު ނޫހަށް ފާޅުކޮށްފިއެވެ.
ދިޔަވަރު ނޫހަށް އޭނާ މައުލޫމާތު ދިން ގޮތުގައި މި ޑިވައިސްތައް ހަރު ކުރަނީ ރާއްޖޭގެ ސަލާމަތީ ބާރުތައް އެކަމުގެ ތެރެއަށް ނުވައްދައި ސިއްރުން ކަމަށާއި، މިއީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައެވެ.
ޗައިނާއިން ރާއްޖޭގެ ކަނޑުގައި ފިނިހޫނު މިން ބެލުމަށް ބޭނުންވެގެން އުޅޭނެ ކަމަށް ނުބެލެވޭ ކަމަށާއި، ޗައިނާއިން ބޭނުން ވެގެން އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޗައިނާގެ މިލިޓަރީ ޒޯނަކަށް ބަދަލު ކޮށްލުން ކަމަށް ދިޔަވަރު ނޫހަށް އޭނާ މައުލޫމާތު ދިނެވެ.
ރާއްޖޭގެ ކަނޑުގައި ޖާސޫސު ކުރުމަށް އާލާތްތައް ހަރުކުރުމަށް މުއިއްޒު ޗައިނާ އާއި އެކު އެއްބަސްވުމެއްގައި ސޮއެ ކޮށްފައި ވަނީ 19 ފެބްރުއަރީ 2025 ގައެވެ. މި އެއްބަސްވުމުގައި ސޮއެ ކޮށްފައިވަނީ، ރާއްޖޭގެ ފަރާތުން އެންވާރުމަންޓް މިނިސްޓަރެވެ. މި އެއްބަސްވުމާއި އެކު ރާއްޖޭގެ ކަނޑުގެ އަޑީގައި އަދި ކަނޑުގެ މަތީގައި ކޮންމެ ތަނެއްގައިވެސް ޗައިނާއިން ބޭނުން އެއްޗެއް ހަރުކުރެވެއެވެ.