ޚަބަރު

ފުލުހުންނާއި، އެމްއެންޑީއެފް ކަންބޮޑުވުން ފާޅު ކޮށްފައިވަނިކޮށް، ޓެރަރިޒަމް އަމަލެއް ހިންގާފައިވާ މުހައްމަދު އިސްމާއިލް 241 ކޮމިޓީއަށް އައްޔަން ކުރުމުން، ޓެރަރިޒަމަށް މުއިއްޒު ހިއްވަރު ދޭކަން މުޅި ދުނިޔެއަށް ހާމަވެއްޖެ

ދިޔަވަރު
ފުލުހުންނާއި، އެމްއެންޑީއެފް ކަންބޮޑުވުން ފާޅު ކޮށްފައިވަނިކޮށް، ޓެރަރިޒަމް އަމަލެއް ހިންގާފައިވާ މުހައްމަދު އިސްމާއިލް 241 ކޮމިޓީއަށް އައްޔަން ކުރުމުން، ޓެރަރިޒަމަށް މުއިއްޒު ހިއްވަރު ދޭކަން  މުޅި ދުނިޔެއަށް ހާމަވެއްޖެ

ފުލުހުންނާއި، އެމްއެންޑީއެފްއާއި، ނެޝަނަލަ ކައުންޓަރ ޓެރަރިޒަމް ސެންޓަރ އިން ކަންބޮޑުވުން ފާޅު ކޮށްފައިވަނިކޮށް، ޓެރަރިޒަމް އަމަލެއް ހިންގާފައިވާ މުހައްމަދު އިސްމާއިލް 241 ކޮމިޓީއަށް މުއިއްޒު އަންގައިގެން އައްޔަން ކުރުމުން، ޓެރަރިޒަމްގެ އަމަލުތަކަށް މުއިއްޒު ހިއްވަރު ދޭ މިންވަރު މުޅި ދުނިޔެއަށް ހާމަވެގެން ހިނގައްޖެއެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް ބޭރުގެ އެހީ ލިބުމަށް އިތުރަށް ދަތިވެގެން ދާނެއެވެ. އަދި ޓެރަރިސްޓުންނަށް ހިމާޔަތްދީ، ޓެރަރިޒަމް ހިންގާ ވެރިއެއް ރާއްޖޭގައި ހުރި ކަމަށް ދުނިޔޭގައި ޓެރަރިޒަމް އާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ފާޅުކަން ބޮޑުކޮށް ހާމަވެގެން ދެއެވެ.

މުހައްމަދު އިސްމާއީލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ 2021 ވަނަ އަހަރުގެ ޔޯގާ ޑޭ، ރާއްޖޭގައި ފާހަގަކުރަން އިންޑިއާ ހައިކޮމިޝަނުން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް، އެތަނަށް ގަދަކަމުން ވަދެގަނެ، ހަމަލާތައް ދިން މައްސަލައިގަ އެވެ. މިފަދަ ޓެރަރިސްޓް ހަމަލާތަކަކީ 25 އަހަރުގެ ޖަލު ހުކުމް ބޭރު ގައުމުތަކުގައި އަންނަ ބޮޑެތި ނުރައްކާތެރި ކުށްތަކެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މަސްއޫލިއްޔަތަކީ ސަލާމަތީ ހިދުމަތްތައް ބެލެހެއްޓުމާއި، ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމެވެ. މި ކޮމިޓީގެ މެންޑޭޓުގައި އެމްއެންޑީއެފް، ފުލުހުންގެ ހިދުމަތް، ދިފާއީ އަދި ދާޚިލީ ސިޔާސަތުތަކާގުޅޭ ވުޒާރާތަކާއި އެންޑީއެމްއޭ ހިމެނެއެވެ. ޓެރަރިޒަމްގެ ދައުވާ އުފުލިފައިވާ މުހައްމަދު އިސްމާއީލް، 241 ކޮމިޓީއަށް އައްޔަންކުރެވުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބިލަށް އަޒާން ވޯޓު ނުދިނުމުންނެވެ.